Support Us

ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ވި ގެއްލުން ރަނގަޅު ކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ސްޓެލްކޯ

ހުޅުމާލޭ ކޭބަލެއް ބުރިވެގެން މާލެއިން ކަރަންޓު ކެނޑިފައި

12:00

މާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ކަރަންޓު ކެނޑިފައި ވަނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑިގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު  ކަރަންޓު ދެނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިން ކަމަށްވާތީ، އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވެންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި ކަމަށެވެ.

"ވީއެންމެ އަވަހަކަށް އިންޓަރކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.

ބައެއް ގޭގެއިން ބުނި ގޮތުގައި މިއަދު ފުރަތަމަ ކަރަންޓު ދިޔައީ ހެނދުނު 10 ޖަހާ އެހާކަންހާއިރުއެވެ. ގިނަ އިރުތަކެއް ފަހުން ކަރަންޓު އައިސްފައި، އަނެއްކާ ދެ ވަނަ ފަހަރު ވެސް ކަރަންޓު ދިޔައެވެ. އެކަމަކު، ބައި ގަޑިއިރެއްހާ ފަހުން އަނެއްކާ ވެސް ކަރަންޓު ލިބުނު ކަމުގައި ބައެއް ގޭގެއިން ބުނެއެވެ.

ކަރަންޓި ދިއުމުގެ ސަބަބުން، މާލޭގެ ގިނަ ފިހާރަތަކެއްގައި ގިނަ ބަޔަކު ތާށިވިއެވެ. އެއީ ކައުންޓަރުތަކުން ފައިސާ ނުދެއްކިގެންނެވެ.

12:59

ސްޓެލްކޯގެ ބަޔާން: ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެވި، މިހާރު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދެވިފައި. އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް ލިބިނުލައްވާނަމަ އަޅުގަނޑުމެންގެ 104 ނަމްބަރަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް އަދިވެސް އެއްފަހަރު މާފަށް އެދެން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *