Support Us

އެސްޓީއޯއިން ލުނބޯ ޝިޕްމަންޓެއް ގެނެސް ކިލޯއެއް 45ރ. އަށް ވިއްކަން ފަށައިފި

ރޯދަމަހާ ދިމާކޮށް މާލޭ ބާޒާރުގައި ރަނަށް ވެފައި ހުރި ލުނބޯގެ ޝިޕްމަންޓެއް އެސްޓީއޯއިން ގެނެސް، ކިލޯއެއް 45ރ.އަށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މީހަކަށް ކިލޯއެއްގެ މަގުން އެސްޓީއޯ ޕީޕަލްސްޗޮއިން އިން އަދި މީހަކަށް ތިން ކިލޯގެ މަގުން އެސްޓީއޯ އެގްރިސެންޓަރުން މިހާރު ލުނބޯ ލިބެން ހުންނާނެ ކަމަށެވެ.

ކުރިން އާންމު ގޮތެއްގައި 20ރ. އަށް ލުނބޯ ކިލޯއެއް ހުރި ނަމަވެސް، ރޯދަ މަސް ފެށެން ކައިރިވިއިރު ލުނބޯ ކިލޯއެއްގެ އަގު 500ރ. އަށް ވެސް އެރިއެވެ. ނަމަވެސް އިއްޔެ ބާޒާރުގައި ލުނބޯ ކިލޯއެއް ހުރީ 150ރ. އިން ތިރީގެ އަގުތަކެއްގައެވެ.

އެސްޓީއޯ އިން ބުނީ، އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ "މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް ލުނބޯ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް" ކަމަށެވެ.

ލުނބޯގެ އަގު މިހާ މައްޗަށް މި އެރީ އާންމު ގޮތެއްގައި ރާއްޖެއަށް ލުނބޯ އެތެރެކުރާ ވިއެޓްނާމުން ޝިޕްމަންޓު އައުން ލަސްވެގެން ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. ވިއެޓްނާމުން ގެންނަ ލުނބޯ ވެސް މި ހަފުތާތެރޭގައި ލިބޭނެ ކަމަށް ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް