Support Us

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު މައްސަލައިގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަން އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ، ދަފްތަރު ނަންބަރު ރސ. 5624، އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް، 27، އެވެ.

"މުބާރިކް މުޙައްމަދު ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 އޭޕްރީލް 6 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ." ފުލުހުންގެ ވެބްސައިޓުގައިވާ ބަޔާނުގައިވެއެވެ.

މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް