21:35
ރާއްޖެއަށް ހަނދު ފެނުމުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވެވި ޖަލްސާއަށްފަހު އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިއްވެވި ގަރާރުގައި ވިދާޅުވީ މިރޭ އިރުއޮއްސުމުގެ ފަހުން ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ އާއި އަދި ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލްކުރުމަށް ހަމަޖެހިފައިވާ އުސޫލްގައިވާ ގޮތުގެ މަތީން މާދަމާ އަކީ މުލަ ރޯދަ ދުވަސް ކަމުގައި ކަނޑައެޅީ ކަމަށެވެ.
ސައުދީ އަރަބިއްޔާއަށް ވެސް ހަނދު ފެނުމުން މާދަމާއަކީ ސައުދީ އަށް ވެސް މުލަ ރޯދައެވެ.



advertisment