Support Us

ޞުލްޙަ، އިންސާނީ ހައްޤު އަދި ޑިމޮކްރަސީއާ ބެހޭގޮތުން ސަލީމް ލިޔުއްވި "ރިވެލި" ފޮތް، ރައީސަށް ވެދުންކުރައްވައިފި

ޞުލްޙަ، އިންސާނީ ހައްޤު އަދި ޑިމޮކްރަސީއާ ބެހޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައި ހުންނެވި މ. މާހުރާ، އަޙްމަދު ސަލީމް ލިޔުއްވި "ރިވެލި" ފޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެދުންކުރައްވައިފިއެވެ.

މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެކި ދައުރުތަކުގައި ސިޔާސީ އަދި ޚާރިޖީ މަސްރަޙު ބަދަލުވަމުން އައިސްފައިވާ ގޮތާއި ސުލްޙައާއި އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ މަގުގައި ދިވެހިރާއްޖެއިން ކުރަމުން އައިސްފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭގޮތަށް ދިވެހި އަދި އިނގިރޭސި ބަހުން ދެ ބަޔަކަށް ބަހާލައިގެން ލިޔެފައިވާ މި ފޮތް ހަދިޔާކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތުގެ މުޞައްނިފު ސަލީމަށް ޝުކުރުދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މިފޮތުގައި ހިމެނިފައިވާ އެކިއެކި ބައިތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާރިޖީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ އިތުރުން އިންސާނީ ހައްޤުގެ ދާއިރާގައި ސަލީމްގެ ތަޖުރިބާ ފޮތެއްގެ ސިފައިގައި ލިޔުއްވައި ޝާއިޢުކުރެއްވީތީ އެކަމާ އުފާކުރައްވާ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ސަލީމް ވަނީ އޭނާގެ ޚިދުމަތުގެ ތާރީހުގެ ތެރެއިން މި ފޮތުގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް