Support Us

އަނެކާގެ ނުކުޅެދުންތެރިކަމަށް ހަޖޫޖަހަން "އޯޓިސްޓިކް" އޭ ނުކިޔާށެވެ!

ތިޔަ ބޭފުޅުންގެ އަމިއްލަ މަންފާއަށްޓަކައި ޕާޓީއަށް ސަޕޯޓު ކުރައްވައެވެ. ހެދުން ބަދަލު ކުރާހާ ފަސޭހައިން ޕާޓީ ބަދަލުކުރައްވައެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކާ މައްލަވަކޮށް ޖަދަލުކޮށް ހައްދަވައެވެ. ތިޔަ ޖައްސަވާ ސަކަރާތުގައި، އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން ކަމުގައިވާ ލޯބިލޯބި ދަރީން ހިމަނުއްވަނީ ކީއްވެތޯއެވެ؟ ސިޔާސީގޮތުން އެކެއް އަނެކެއްގެ ނުކުޅެދުންތެރިކަމާއި ބަލިފައިގެ ވާހަކަދައްކާ ގަދަބަސް ބުނުމަށްވެސް އޯޓިސްޓިކް ކުއްޖެކޭ ނުބުނާށެވެ.

"އޯޓިޒަމް" ހުންނަ ދަރީންނަށް ނިޞްބަތްވާގޮތަށް ތިޔަ ބޭފުޅުންގެ ބަސްމަގު ނުގެންގުޅެއްވުމަށް އާދޭހާއެކު އެދި ދަންނަވަމެވެ. މިއަދު ތިޔަ މޭރުމުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ މުޚާތަބްކުރައްވާފައި މާދަމާ ބޯޑު ހިފައިގެން، ފަތް ހިފައިގެން، މެނިފެސްޓޯ ކިޔަމުން މި ދަރީންގެ ޙައްޤޭ ކިޔަމުން ގޮވާއިރު ތިޔަ ޢިބާރާތްތަކަކީ ތިޔަ ބޭފުޅުންގެ އިޚްލާސްތެރިކަން އަޅުގަނޑުމެންނަށް މިނޭނެ ތިލަފަތް ކަމުގައި ދަންނާށެވެ. ތިޔަ ބޭފުޅުންގެ އިޚްލާސްތެރި ކަމާމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އަޅުގަނޑުމެން ޚާއްސަ އެހީ އަށް ބޭނުންވާ ދަރިންގެ ބެލެނިވެރިންނަށް ނުދެއްވާށެވެ.

"އޯޓިޒަމް" ދަރިންގެ ޙައްޤުގައި އަޅުގަނޑުމެން ބެލެނިވެރިންނާއި ޢާއިލާ އަދި ހެޔޮއެދޭ އެކުވެރިން ކުރާ ކޮންމެ މަސައްކަތަކީވެސް އިޚްލާސްތެރި، ބުރަ މަސައްކަތެކެވެ. އަޅުގަނޑުމެން މި އުފުއްލާ ބުރައިގެ ބުރަދަނާމެދު ޝައްކުވާ ނަމަ އެންމެ ފަހަރަކު ނަމަވެސް ވަޑައިގެން ޙާލު ބައްލަވާ އަމިއްލަ ނަފުސް ހޭލުންތެރި ކުރައްވާށެވެ. އުނގެނިވަޑައިގަންނަވާށެވެ. އަޅުގަނޑުމެން ބެލެނިވެރިން މިތިބީ ތިބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އަތުކުރި އޮޅާލައިގެންނެވެ. އަޅުގަނޑުމެންގެ ދަރީންގެ ހައްޤުގައި ކޮންމެ ފަދަ ޤުރުބާނީއެއް ވުމަށްވެސް އަޅުގަނޑުމެން ތައްޔާރެވެ.

އަމިއްލަ ފައިވާނުން ފައިބައި އަޅުގަނޑުމެންގެ ފައިވާނަށް އަރައިގެން އެންމެ ދުވަހަކުވެސް ހިނގާލަބަލާށެވެ. އުފުލާ ތަކުލީފާއި ޒިންމާ އާއި ބުރަ އިހްސާސް ކުރައްވާށެވެ. ސައިމޭޒު ދޮށުގައި ފޮނި އަނގަތަޅަންވެސް، އެކަކު އަނެކަކާ ދިމާކޮށް އޭނާ ދަށްކޮށްލުމުގެ ނިޔަތުގައިވެސް އެފަދަ ބަހެއް ނުބުނާށެވެ. ތިޔަ ފަރާތްތަކަށް އަޅުގަނޑުމެން މި އުފުލާ ތަކުލީފު އިހްސާސެއް ނުކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *