Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: ޖީ.އެމް.އާރު އައުޓް ކުރި ގޮތަށް އިންޑިއާވެސް އައުޓް ކުރަން ޖެހޭ!

މާލޭ ސަރުކާރަކީ ރާއްޖެތެރޭ މީހުންނަށް ދުވަހަކުވެސް އިހްލާސްތެރިކަމާ އެކު ހެވަކަށް އެދޭނެ ބައެއް ނޫން ކަމަށް ރާއްޖެތެރޭ މީހަކު ބުންޏެވެ. އޭގެ ހެއްކެއްގެ ގޮތުން އޭނާ ބުންޏެވެ! ދާދި ފަހަކާ ޖެހެންދެން ވެސް މާލޭ ސަރުކާރުގެ ރޭޑިއޯ އާއި ޓީވީ އިން ނަމާދު ވަގުތުވެސް ކިޔާނީ "މާލެ އާއި މާލޭ ކައިރި ރަށްރަށަށް" ނަމާދު ވަގުތުވާ ގަޑިއެވެ. ރާއްޖެތެރޭ މީހުންނަށް ނަމާދު ގަޑިވެސް ބުނެ ނުދެއެވެ. ރާއްޖެތެރޭ މީހުން ޖެހެނީ މިސްކިތް ދޮށުގައި ދަނޑިއެއް ޖަހައިގެން އޭގެ ހިޔަންޏަށް ބަލައިގެން ނަމާދު ވަގުތު ހޯދާށެވެ. މާލެއާއި މާލޭ ކައިރި ރަށްރަށު މީހުން ނަމާދު ކުރުމުން ނިމުނީއެވެ. ރާއްޖެތެރޭ މީހުންނަކީ އެދުވަސްވަރު ދެވަނަ ދަރަޖައިގެ ރައްޔިތުންނެވެ. މާލެއަށް ދާން ޖެހެނީ ވިސާ (ކުޑަ ސިޓީ) ޖަހައިގެންނެވެ.

ސޯޝަލް މީޑިއާގެ ގުޅުމުން ރައްޔިތުން ބާރުވެރިވުމުން ރާއްޖެތެރޭ މީހުންގެ އަޑުވެސް މިހާރު ވެރީންނަށް ކޮންމެވެސް ވަރަކަށް އިވެއެވެ. ނަމަވެސް އަދިވެސް މާލޭ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެތެރޭ މީހުން ޤުރުބާންކޮށްފައި މާލެ އާއި މާލޭ ކައިރި ރަށްރަށާއި ސަރަހައްދު ތަރައްޤީ ކުރުމެވެ. ހުޅުމާލެ ހިއްކުމާއި ތިލަ މާލެ ބްރިޖާއި ގުޅީފަޅު ޕްރޮޖެކްޓަކީ މިކަމުގެ ހެއްކެކެވެ. މިހާރު އިވޭ އަޑަކީ ތިލަމާލެ ބްރިޖް އަޅައިދޭން އިންޑިއާ އިން އެއްބަސްވެފައިވަނީ ޝަރުތެއްގެ މަތީން ކަމެވެ. އައްޑޫ ސިޓީގައި އިންޑިއާގެ ހަތިޔާރު އެޅި 400 ސިފައިންގެ ފައުޖެއް ބޭތިއްބުމުގެ ހުއްދަ ދިނުމުން ކަމެވެ.

އިންޑިއާ އިން އައްޑޫގައި ޤާއިމް ކުރަން ބާރު އަޅަމުންދާ ކޮންސިއުލޭޓަކީ އިންޑިއާގެ ބާރުގެ ދަށަށް އައްޑޫ ގެނައުމަށް އަޅާ އެންމެ ހީލަތްތެރި އެއް ފިޔަވަޅެވެ. ރައީސް ސޯލިހުގެ އެމް.ޑީ.ޕީ ސަރުކާރުން އޮތީ މާލެއާއި މާލޭ ކައިރި ރަށްރަށް ބްރިޖުގެ ވިއުގަ އަކުން ގުޅާލުމުގެ އަގެއްގެ ގޮތުން އައްޑޫ ސިޓީ އިންޑިއާ އަށް ވިއްކާލަން ތައްޔާރަށެވެ. އައްޑޫގެ މަގުތައް ހަދައި، ބިން ހިއްކައި، ބަނދަރު ހަދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ނަގާ ލޯނުންނެވެ. މިއީ އިންޑިއާ އަކަށް މާބޮޑު ކަމެއް ނޫނެވެ. އިންޑިއާ އިން ލޯނުނަގައިގެން އައްޑޫ ތަރައްޤީކޮށްފައި، ތަބަބަކަށް ލާފައި އިންޑިއާ އަށް އައްޑޫ ދިނުމުން އަޅުވެތި ވަނީ އައްޑޫ ރައްޔިތުންނެވެ. އޭގެ ބަދަލެއްގެ ގޮތުން އެމް.ޑީ.ޕީ އަށް ދާއިމަށް ވެރިކަމުގައި ތިބުމުގެ ގެރެންޓީ އިންޑިއާއިން ދެއެވެ.

ރައީސް ސޯލިހާއި ނަޝީދާ ދެމެދު ޖެހުނު މައްސަލަވެސް އިންޑިއާ މެދުވެރިވެގެން މިހާރު ވަނީ ހައްލުކޮށްފައެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު 2023 ގައި ނިމުމުން ވެރިކަމުގެ ނިޒާމް ބަރުލަމާނީކޮށް، ނަޝީދަށް ބޮޑުވަޒީރުކަން ދީގެން، ރައީސަކަށް ސޯލިހު ބަހައްޓައިގެން، އިންޑިއާގެ ގޮނޑިކޮއްކޮ ވެރިކަމެއް މި ދިވެހިރާއްޖޭގައި ކުރުމަކީ އިންޑިއާގެ ހުވަފެނެކެވެ. މިހުވަފެން ފުނޑާލައި، އެމް.ޑީ.ޕީ އާއި ސޯލިހާއި ނަޝީދާއި އިންޑިއާގެ ވަކިތަކުން މި ދިވެހި ޤައުމު ސަލާމަތްކޮށްދޭނެ ދޮންބަންޑާރައިން އަކަށް މިޤައުމު މިހާރުވަނީ ބޭނުންވެފައެވެ.

މާލެއާއި މާލެ ކައިރި ރަށްރަށުގެ ތަރައްޤީ އަށް ޓަކައި ރާއްޖެތެރެ ޤުރުބާން ކުރުމުގެ ސިޔާސަތު ހުއްޓުވައި ރާއްޖެތެރޭ ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ޓަކައި ރާއްޖެތެރޭ މީހުން ތެދުވާން އެބަޖެހެއެވެ. އައްޑޫ ސިޓީ ސަލާމަތްކޮށް، އައްޑޫ އާއި މުޅި ރާއްޖެއިން އިންޑިއާ ސިފައިން ބާލައި، އިންޑިއާގެ ނުފޫޒުން މިޤައުމު ސަލާމަތް ކުރަން އައްޑޫ ރައްޔިތުންނާއި ހުރިހާ ދިވެހި ރައްޔިތުން ތެދުވާން އެބަޖެހެއެވެ.

މިސަރުކާރު އިންޑިއާގެ ދަށުވެފައިވާ ވަރަކީ ސަރުކާރުގެ މާލީ ވަޒީރު ދާދި ފަހުން ވިދާޅުވީ މި ޤައުމުގެ އިގްތިސޯދަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ޖީ.އެމް.އާރ އަތުން ހުޅުލޭ އެއާޕޯޓް އަތުލުން ކަމަށެވެ. ޤައުމު ދަރުވާލައި، ހަރު މުދާކޮޅު ރަހުނުކޮށް، ފަސާދައިގެ ކޯރަކަށް ޤައުމު ގަންބާލި އިރު މާލީ ވަޒީރަކަށް ހުންނެވި އަމީރު މިފަދައިން ވިދާޅުވުމުން އެނގޭ ހަޤީގަތަކީ އިންޑިއާ އަށް އެމް.ޑީ.ޕީ ސަރުކާރު ވިކިފައިވާ މިންވަރެވެ. ޖީ.އެމް.އާރ އަތުން ހުޅުލޭ އެއާޕޯޓް އަތުލުމަކީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައަމަދު ވަހީދު ކުރެއްވި އެންމެ ރަނގަޅު ކަމެވެ. ޤައުމަށް އެންމެ ފައިދާ ހުރި ކަމެވެ. އިންޑިއާގެ ޖީ.އެމް.އާރ އަތުން އެއާޕޯޓް އަތުނުލި ނަމަ މިއަދު ހުޅުލޭ ފަޅުގައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސެއް ތަރައްޤީވެފައި އޮތުމުގެ ބަދަލުގައި އެތާނގައި އޮތީހީ އިންޑިއާ މީހުންގެ ސިޓީއެކެވެ.

އަމީރުގެ މާލީ އެއްވެސް އިލްމެއް ހުރިނަމަ ނިކަން ބައްލަވާށެވެ. ޖީ.އެމް.އާރ ބޭރުކޮށްފައި ވެސް ފިއުލް ފާމެއް ހުޅުލޭގައި ހެދިއްޖެއެވެ. އާ ރަންވޭއެއް އެޅިއްޖެއެވެ. އާ ސީޕްލޭން ޓާމިނަލެއް ހެދިއްޖެއެވެ. އެއާކްރާފްޓް ޕާކިންގް ޖާގަ ހެދިއްޖެއެވެ. އާ ޓާމިނަލް ހެދިއްޖެއެވެ. އިންޑިއާގެ ވިޔަފާރިވެރިންގެ މުށުތެރެއިން އެއާޕޯޓްގެ ޑިއުޓީ ފްރީ ފިހާރަަތައް ސަލާމަތް ކުރެވިއްޖެއެވެ. ޖީ.އެމް.އާރުން ދިވެހީން އަތުން ނަގަން އުޅުނު ބޮޑެތި ޓެކްސްތައް ނުނަގައި ފަރުޖެއްސިއްޖެއެވެ. އެއާޕޯޓަށް ވަންނަހާ ޑޮލަރުތައް ޖީ.އެމް.އާރގެ އެކައުންޓްތަކަށް ދިއުމުން ދިވެހި ރާއްޖެ ޑޮލަރަށް ޖެހުނު ޖެހުމުން ސަލާމަތްވެ ދިވެހިންގެ ޖީބަށް ޑޮލަރު ވަންނަން ފަށައިފިއެވެ.

ޑިއުޓީ ފްރީ ތަކުން އެކަނިވެސް ލިބެން ފެށި ޑޮލަރުގެ ބޮޑު އާމްދަނީ ފެނިފައި ޖީ.އެމް.އާރުގެ ބޮޑުން ތިބީ ލޯބޮޑުވެފައެވެ. ދިވެހި ސަރުކާރުގެ ހުރި މޮޔަކަން އެމީހުން އެކަކު އަނެކަކަށް ހީނހީނފައި ދެއްކިއެވެ. ރައީސް ނަޝީދުގެ އިގްތިސޯދީ އެއްވެސް އިލްމެއް ހިލްމެއް ނެތްކަން ހަމައެކަނި މި މިސާލުން ވެސް އެނގެއެވެ. މާލީ ވަޒީރު އަމީރުވެސް އެންމެ ފަހުން މިވީ ހަމަ ރައީސް ނަޝީދު ކަހަލަ އިގްތިސޯދީ ރޯނު އެދުރަކަށެވެ!

އިންޑިއާގެ ޖީ.އެމް.އާރަށް ވެލާނާ އެއާޕޯޓް ދިނުމުގެ ވިސްނުން އެމް.ޑީ.ޕީގެ ތެރޭގައި އަދިވެސް އެބައޮތެވެ. އެފަދަ ޕްލޭނެއް ނެތް ނަމަ މާލީ ވަޒީރު މިފަދަ ދެކޮޅުނުޖެހޭ ވާހަކައެއް ދެއްކެވުމުގެ ބޭނުމެއް ނެތެވެ. އިންޑިއާ ބޭނުންވަނީ ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު އެކަނި ކޮންޓްރޯލް ކުރާކަށް ނޫނެވެ. ސިއްކިމް އަށް ހެދިގޮތަށް އިންޑިއާގެ ބަޔަކަށް ހެދުމަށެވެ. އައްޑޫ ސިޓީއަށް ވެރިވެގަންނާށެވެ. ހަނިމާދޫ ވެރިކޮށްލާށެވެ. ލާމު އަތޮޅާއި އުތުރު ތިލަފަޅު ވެރިކޮށްލާށެވެ. އަދި ކުރިމަގުގައި ވެލާނާ އެއާޕޯޓާއި ގުޅީފަޅު ބަނދަރު ވެސް އިންޑިއާގެ ކުންފުނިތަކަށް ދޭށެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހާއި، އެމް.ޑީ.ޕީގެ އިސްވެރީންނަށް ދާއިމަށް ވެރިކަމުގައި ތިބެވޭ ގޮތަށް އެމް.ޑީ.ޕީ އަށް އިންޑިއާއިން ފަންޑު ކުރާނީ މިބޭނުމުގައެވެ. ދެހާސް ތޭވީހުގެ ކުރީން ދިވެހީން މިކަން ނިންމަން ޖެހެއެވެ. އެހެން ނޫންނަމަ ދިވެހީންނަށް ދިވެހިރާއްޖެ އަތުނުވާނެއެވެ. އިންޑިއާ އައުޓަކީ ހަމައެކަނި ޝިއާރެއްގެ ގޮތުގައި އޮވެގެން ވާނެ ފައިދާއެއް ނެތެވެ. މިކަން އަމަލީ ކަމަކަށް ވާންޖެހެއެވެ. އިންޑިއާ ހަމަ ރަނގަޅަށް ވެސް މި ދިވެހި ފަސްގަނޑުން އައުޓް ކުރެވެން ޖެހެއެވެ.

ހާރިޖީ ވަޒީރާއި ދިފާއީ ވަޒީރާއި މާލީ ވަޒީރާއި އިގްތިސޯދީ ވަޒީރާއި މަޖުލިސް ރައީސާއި ރައީސުލް ޖުމްހޫރިއްޔާ އެތިއްބެވީ އިންޑިއާ އަށް ޤައުމު ހިބަކޮށް ދެއްވައިފިއެވެ. މާލެއާއި މާލެ ކައިރީގެ ރަށްތައް ތަރައްޤީ ކުރުމަށްޓަކައި އައްޑޫ އާއި ލާމު އަތޮޅާއި ހަނިމާދޫ އާއި އުތުރު ތިލަފަޅާއި ގުޅީފަޅާއި ހުރިހާ ތަނެއް އިންޑިއާ އަށް ދެއްވައިފިއެވެ. ޤައުމުގެ އިގްތިސޯދަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ޖީ.އެމް.އާރ އަތުން އެއާޕޯޓް އަތުލުމެއްނޫނެވެ. ޤާބިލް ކަމެއް، އިޙްލާސްތެރި ކަމެއް ނެތް މީހަކަށް މާލީ ވަޒީރުކަން ދިނުމަކީ އިގްތިސޯދަށް ކުރިމަތިވި އެންމެ ބޮޑު ހުރަހެވެ. އަދި ޤާބިލް ކަމެއް އިހްލާސްތެރި ކަމެއް ނެތް މީހަކަށް ރައީސުލް ޖުމްހޫރިއްޔާކަން ދިނުމަކީ އިގްތިސޯދަށާއި ޤައުމުގެ ކުރިމަގަށް އެޅުނު އެންމެ ބޮޑު ހުރަހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1011

2 Responses

  1. އިންޑިޔާާ އައުޓްް ޙަޤީގަތުގަވެސްް އިންޑިޔާއަކީީ ދިވެހިި ރައްޔިތުންގެެ ކުރިމަގަށްއޮތްް ބޮޑުބިރުވެރިި ނުރައްކަލެއްް އެމީހުންގެެ ވިސްނުމަށްބަލާއިރުު މިހާރުމަސައްކަތްކުރަމުންް އެގެންދަނީީ މަލިކުފޭރިގަތްް ގޮތަށްް ދިވެހިރާއްޖޭގެެ ދެންވެސްހުރިރަށްރަށާާ ތަންތަނާާ ބިނާތައްވެސްް ފޭރިގަތުމަށްް އެއީވަރަށްހީލަތްތެރިކަމާއިި އެކުރާވައިގެންް ކުރިޔަށްް ގެންދާާ ވަރަށްް އަނިޔާވެރިި ކަންތައްތަކެއްް ހެޔޮއެދޭމީހަކުު ނިކަމެއްޗަކަށްް އެއްޗެއްދިއްކޮށްލާފަަ އޭގެބަދަލުގެގޮތުގަަ އެނިކަމެތިމީހާގެެ ޖިފުޑިގަނޑުު ޖަހައިގަނެެ އެނިކަމެތިމީހާާ އިތުރަށްް ބިކަކޮށްް ނިކަމެތިކުރާކަށްް މަސައްކަތެއްނުކުރާނެެ އިތުރަށްް ބިކަކޮށްް ނިކަމެތިކުރާނީީ އަނިޔާވެރިންް "އިންޑިޔާާ އައުޓ"

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *