Support Us

ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ މަސައްކަތް ސްޓެލްކޯގެ އިންޖިނިއަރުންކުރަނީ -ފޮޓޯ: ސްޓެލްކޯ

ޓެސްޓްތަކެއް ހަދާތީ މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސިސްޓަމްތަކުގެ ޓެސްޓްތަކެއް ހަދާތީ މާދަމާ ހެނދުނު 7 އާއި 8 އާ ދެމެދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެތީ ސްޓެލްކޯ އިން އާންމުންގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.

ސްޓެލްކޯ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މާދަމާ ހަދާ މި ޓެސްޓްތަކަކީ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓްތަކެއް ކަމަށާއި އެހެންވެ ޓެސްޓްތައް ހަދަމުންދާ ވަގުތު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުރިމަތިވެދާނެ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން މިހާރު ކަރަންޓު ދެނީ ހުޅުމާލޭ އިންޖީނުގެއާއި މާލޭ އިންޖީނުތައް ގުޅާލައިގެން، މާލެ، ހުޅުމާލެ އަދި ހުޅުލެއަށް އެއް ވިއުގައަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް