Support Us

ސްޓެލްކޯ ކްލަބުގެ އަންހެން ފުޓްސަލް މުބާރާތް ފަށައިފި

ސްޓެލްކޯ ކްލަބުގެ އިންޓަރ ޑިޕާޓްމަންޓް އަންހެން ފުޓްސަލް މުބާރާތުގެ ކުޅުން ރޭ ފަށައިފިއެވެ. މުބާރާތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އޮގަސްޓް 30 އިން ސެޕްޓެމްބަރު 9 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެއެވެ.

މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ފިއުޝަން އާއި ހެޕީ ކްލަބު ވާދަކޮށް 1-1 އިން ދެ ޓީމު ވީ އެއްވަރެވެ. ދެ ވަނަ މެޗުގައި ރޯޔަލްއާ ވާދަކޮށް 2-0 އިން މޮޅުވީ ބަނޑިޔާ އެފް.ސީއެވެ.

މުބާރާތުގައި ވާދަކުރާ ފަސް ވަނަ ޓީމަކީ ބެލީޒާއެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ ހެޕީ ކްލަބާއެވެ.