އިންޓަރކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ އެ ގަޑިތައް ބަޔާން ކޮށްފައި ވީނަމަވެސް، ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ހިދުމަތް ދޭނެ ކަމަށެވެ. އަދި އެކަމުގައި ދިމާވެދާނެ ދަތިތަކަށް ވަނީ އިސްވެ މާފަށް އެދިފައެވެ.
ސްޓެލްކޯ އިން ބުނީ މިއީ އިންޓަރކަނެކްޝަން ޕްރޮޖެކްޓްގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމާ، މާލޭގެ ސިސްޓަމާ ގުޅާލުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.



advertisment

