Support Us

ހިސާބިއްޔާތާއި މުސްލިމުންގެ ދައުރު – 3

މުސްލިމުންނާ ސުމެއް

އެންމެން އެއްބަސްވާ ގޮތުގައި ޢަރަބި ވިޔައަކުރާއެކު ސުމެއް ވުޖޫދަށް އައެވެ. ޚުވާރަޒްމީ މި ވިޔައަކުރުތައް އުފެއްދެވުމުގައި ބެއްލެވީ ކަނުގެ ޢަދަދަށެވެ. އެކަކަށް އެއް ކަނެވެ. ދޭކަށް ދެ ކަނެވެ. މިގޮތަށް ގޮސް ނުވައަކަށް 9 ކަނެވެ. ޚުވާރަޒްމީގެ ފޮޓޯގައި ވިޔައަކުރުތައް ހުރި ގޮތަށެވެ. އެއަށްފަހު އޭނާ ސުމެއް އީޖާދު ކުރެއްވީ ކަނަކާ ނުލައެވެ. މިހެންވެ ސުމެއް ވައް ބޮޅެއްގެ ސިފައިގައި ވުޖޫދުވީއެވެ. ސުމެއް ބޭނުން ކުރެވުނީ އޭކަން ވަޅާއި ދަސް ވަޅާއި ސަތޭކަ ވަޅު ފަދަ ވަޅުތައް ބަޔާންކޮށްދިނުމަށެވެ. ވިޔައަކުރެއްގެ ވާތް ފަރާތުގައި އޮންނަ ސުމަށް އަގެއް ލިބިގެން ނުވެއެވެ. އެހެނަސް ވިޔައަކުރެއްގެ ކަނާތް ފަރާތުގައި އޮންނަ ސުމަށް އަގެއް ލިބިގެންވެއެވެ. ޔޫރަޕުގެ ޢިލްމުވެރީންނަށް މި ވިޔައަކުރު ބޭނުންކުރަން ދަސްވެ ބޭނުންކުރަން ފެށީ ސޯޅަވަނަ ސައްތައިގެ ފަހުކޮޅުގައެވެ.

ނާޞިރުއްދީނުއް ޠޫސީ 

ހިސާބިއްޔާތުގައި މުސްލިމުން އީޖާދުކުރި ބައެއް ކަންތައްތައް

  • ޙިސާބިއްޔާތުގެ އެންމެ މުހިއްމު އެއް ގޮފި ކަމުގައި އަލްޖަބްރާ އީޖާދު ކުރުން. މި ނަން އައިސްފައި ވަނީ ޢަރަބި ބަހުގެ "އަލްޖަބްރު" މި ކަލަމައިންނެވެ. މި ޢިލްމުގެ ޤާނޫނުތަކާއި އަސާސުތައް ބިނާކުރެއްވީ ކުރިން ދެންނެވި ފަދައިން މުޙައްމަދު ބިން މޫސާ އަލްޚުވާރަޒްމީ އެވެ.
  • ސުމެއް އީޖާދުކުރުން. ޠަބީޢީ ޢަދަދަށް ސުމެއް އިތުރު ކުރެއްވީ އަލްޚުވާރަޒްމީ އެވެ.
  • ސޫރަދު ނިޒާމުގެ އަހަރުގެ ދިގުމިން ފުރަތަމަ ފަހަރަށް ޙިސާބު ކުރުން. މި ކަން ކުރެއްވީ ޘާބިތު ބިން ޤުއްރާއެވެ.
  • ތިނެސްކަން ހިސާބުގެ ނިސްބަތްތައް ހޯދުން. ފުރަތަމަ ފަހަރަށް މި މަސައްކަތް ކުރައްވައި ފުރިހަމަ ކުރެއްވީ އަބޫ ޖާބިރުލް ބައްތާނީއެވެ.
  • ދަހަމަލައިގެ ޢަލާމަތެއްގެ ގޮތުގައި ސުމަކާއި ތިކި އެންމެ ފުރަތަމަ ފަހަރަށް ބޭނުންކުރުން. މި ކަން ކުރެއްވީ ޖަމްޝީދު ބިން މަޙްމޫދު ބިން މަސްޢޫދެވެ. އޭނާ ރައްކައުވީ ކާޝާނުގައި ކަމުން އޭނާ މަޝްހޫރުވެވަޑައިގެންފައި ވަނީ ކާޝީގެ ނަމުންނެވެ.
  • ކޮޑި މޫ ހޯދާނެގޮތް ބަޔާން ކުރުން. މި ކަން އެންމެ ފުރަތަމަ ބަޔާންކޮށްދެއްވީ އަބުލް ޙަސަން ޢަލީ ބިން އަޙްމަދުއްނަސަވީ އެވެ.
  • ނައްސި ބާރު (negative exponent) ތަޢާރުފު ކުރުން. އެންމެ ފުރަތަމަ ތަޢާރުފުކޮށް ދެއްވީ އައްސަމްއަލުލް މަޣްރިބީ އެވެ.
  • އަކަ މޫ އެންމެ ފުރަތަމަ ފަހަރަށް ބޭނުން ކުރުން. މި ކަން ކުރެއްވީ ޚުވާރަޒްމީއެވެ. ހިސާބިއްޔާތުގައި މަސްއަލަތައް ޙައްލު ކުރުމުގައި އެންމެ ފުރަތަމަ ފަހަރަށް އަކަ މޫ ބޭނުން ކުރެއްވީ އަބުލް ޙަސަން ޢަލީ ބިން މުޙައްމަދުލް ޤަލްޞާދީއެވެ.
  • ތިނެސްކަން ހިސާބު ތަރައްޤީ ކުރައްވައި ހިސާބިއްޔާތުގެ ވަކި ގޮތްޕެއްގެ ގޮތުގައި ދުނިޔެއަށް ވުޖޫދު ކުރުން.  މި ޢިލްމު ތަރައްޤީ ކުރެއްވީ ބައްތާނީއާއި ޒަރްޤަލީއާއި ޠޫސީއެވެ.
  • ހިސާބިއްޔާތުގައި ނޭނގޭ އެއްޗެހި ހޯދުމަށް ޓަކައި س، ص (x, y) ފަދަ ރަމްޒުތައް ފުރަތަމަ ފަހަރަށް ބޭނުން ކުރުން.
  • މުލާ ބެހޭ މާދަލާތަކުގައި ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ (  ) ގެ އަސްލަކީ (ج) އެވެ. މުސްލިމުން މި ކަމަށް (ح)  ބޭނުންކުރީ މޫ (جذر) ގެ ފެށޭ އަކުރަކީ ޖީމު ކަމުގައި ވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *