Support Us

އިންޑިއާ ސިފައިންނަކީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، އެކަން ހުއްޓުވަންޖެހޭ: އުމަރު

ދިވެހިރާއްޖޭގެ ގައުމީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، އިންޑިޔާގެ އަސްކަރިއްޔާގެ 200 ސިފައިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރުކުރުވާލައިފައިވާ ކަމަށާއި މިއީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އަދި މިއީ ހުއްޓުވަންޖެހޭ ކަމެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް މިއަދު އާންމުކުރެއްވި ކުރު ވީޑިއޯ ހިތޯބެއްގައި، 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވީ، މިއަދަކީ ޕޯޗުގީޒުންގެ ލަޝްކަރެއް، ދިވެހިން ނިކުމެ ހަނގުރާމައެއްގައި ބަލިކޮށް، ޕޯޗުގީޒުން މި ޤައުމުން ބޭލި އަޅުގަޑުމެންގެ އުފާވެރި ޤައުމީ ދުވަސް ކަމަށެވެ.

"ޕޯޗުގީޒުން އަޅުގަޑުމެންނަށް ހަމަލާދެނީ ކަނޑިއާއި ބަޑިން. އެކަމަކު މި ޒަމާނުގައި ޤައުމުތަކަށް ހަމަލާ ދެނީ ކަނޑިއާއި ބަޑިއަކުން ނޫން. މި ޒަމާނުގައި އެހެނިހެން ނުސީދާ ގޮތްތަކުން ޤައުމުތަކަށް އަރާ ޤައުމުތައް ހިފަނީ،" އިންޑިއާގެ މިލިޓަރީ ނުފޫޒު ރާއްޖޭގެ މައްޗަށް ފޯރުވާތީ އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވާ އިދިކޮޅު ލީޑަރު ވިދާޅުވިއެވެ. "މިއަދު އަޅުގަނޑު މިވާހަކަ ދައްކާއިރު އިންޑިޔާގެ އަސްކަރިއްޔާގެ 200 ސިފައިން ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ރުކުރުވާލާފައިވޭ. މިއީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މިއީ އަޅުގަނޑުމެން ހުއްޓުވަންޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ މިޤައުމުގެ މިނިވަންކަން ދިފާޢު ކުރުމުގައި އަބަދުވެސް މި ޤައުމުގެ ރައްޔިތުން ތެދުވާނެ. އަޅުގަނޑުމެންގެ އުފާވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ތިޔަ އެންމެހާ ބޭފުޅުންނަށް އަރިސްކުރަން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *