Support Us

ބޭރަށް ނުކުތުން މަނާ ގަޑި ރޭގަނޑު 11 އަށް އިތުރުކޮށްފި

މާލޭ ސަރަހައްދުގައި ބޭރަށް ނުކުތުން މަނާ ގަޑި، ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް ބަދަލުކޮށްފިއެވެ. އޮކްޓޯބަރު 3 އިން ފެށިގެން މިވީ ދެ ހަފުތާއެއްހާ ދުވަހު އެ ގަޑި އޮތީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އިއުލާނެއްގައިވާ ގޮތުން މާލެ އާއި، ހުޅުމާލެ އާއި، ވިލިމާލޭގައި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް، ރޭގަނޑު 10:30 އިން ފެށިގެން ފަތިހު 4 އަށް ހުއްޓައިލުމަށް ވެސް ވަނީ އަންގަވައިފައެވެ.

މިއަދުގެ ތަފާސްހިސާބު ތަކަށް ބަލާއިރު މިއަދު ވަނީ 41 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން 34 މީހަކާއި އެހެން ރަށްރަށުން ހަތް މީހެކެވެ. މިއާއެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 11،154 އަށް އަރައިފައެވެ. އައިސޮލޭޝަން ފެސިލިޓީސްތަކުގައި ތިބީ 384 މީހުންނެވެ. ހޮސްޕިޓަލްތަކުގައި 49 އެވެ. ރާއްޖޭގައި މި ބަލިން މިހާތަނަށް ވަނީ 9،995 މީހުން ރަނގަޅުވެފައެވެ. މަރުވެފައި ވަނީ 35 މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *