ޓެރަރިސްޓް ޖަމާއަތަކާ ގުޅެން ސީރިޔާއަށް ގޮސްފައި އައި ދިވެއްސަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އުމުރުން 34 އަހަރުގެ އެ މީހާ ހައްޔަރުކޮށް ވަނީ ސީރިޔާއަށް ގޮސްފައި އައި ތަނުން ކަމަށެވެ.
A 34 yo Maldivian male suspected of travelling to Syria to join a terrorist organization has been arrested upon return to Maldives. The case is being investigated by the Serious & Organized Crime Department of Maldives Police Service.
— Maldives Police (@PoliceMv) October 15, 2020
އެ މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެކިއެކި ޓެރަރިސްޓް ޖިހާދީ ގްރޫޕުތަކާ ގުޅިގެން، ސީރިޔާގެ ހަނގުރާމައިގައި ދިވެހިންގެ ގިނަ ބަޔަކު ބައިވެރިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ ހަނގުރާމައިގައި މަރުވެފައެވެ.