Support Us

އިމާދު މިއަދު މެންދުރުފަހު ގޭގައި މަޑުކޮށްލައްވައިގެން

ހިތުގެ ބައްޔަކަށް ފަރުވާ ކުރުުމަށްފަހު އިމާދު ގެއަށް ދޫކޮށްލައިފި

ހިތުގެ ބައްޔަކަށް އައި.ޖީ.އެމް.އެޗުގައި ފަރުވާ ކުރުުމަށްފަހު ކުރީގެ މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފުގެ ހާލު ރަނގަޅުވެ، މިއަދު ގެއަށް ދޫކޮށްލައިފިއެވެ.

މެޔަށް ތަދެއް އަރައިގެން އައި.ޖީ.އެމް.އެޗުގެ "ހިތުގެ ބަލިތަކަށް ޚާއްސަ ގައުމީ މަރުކަޒު"ގައި އިމާދު އެޑްމިޓްކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ނާރަށް ކެމެރާ ލައްވައިގެން ހަދާ އެންޖިއޯޕްލާސްޓީ އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހަދައި، ބެދިފައިވާ ނާރަކަށް ހޮޅިކޮޅެއް ވަނީ ލައްވައިފައެވެ.

"ކުޑަ އެޓޭކެއް ޖެހުނު ކަމަށް ވަނީ. އެކަމަކު އެންޖިއޯޕްލާސްޓީ ހެދުމުން މިހާރު ވަރަށް ރަނގަޅު. މިއަދު މެންދުރު ގެއަށް ފޮނުވާލީ،" ފޯނުން ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވިއެވެ. "ސްޓްރެސް ކަމަށް ޑޮކްޓަރު ވިދާޅުވީ. ދެ ހަފުތާ ވަންދެން ރެސްޓް ކުރަން ޑޮކްޓަރު ވިދާޅުވީ. އަނެއްހެން ހުރިހައި ކަމެއް ވެސް ރަނގަޅު."

އިމާދު ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތް ފެއްޓެވީ، މީގެ 28 އަހަރު ކުރިން، 1992 ގައި "ހަވީރު" ނޫހުންނެވެ. "ހަވީރު"ގައި 17 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އިމާދު ދެން މަސައްކަތް ކުރެއްވީ ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް ނިއުސްގެ މަގާމުގައެވެ. ބޭރު ކުޅިވަރާއި އަދުގެ ދުނިޔޭގެ ޚަބަރާއި ރިޕޯޓުގެ އިތުރުން، ތާރީހުގެ އެކިއެކި ލިއުއްވުންތައް ލިއުއްވާފައިވާ އިމާދު ވަނީ ލިއުންތެރިކަމުގެ ގައުމީ އިނާމުގެ އިތުރުން އަލިމަސް ގަލަން ވެސް ހާސިލް ކުރައްވާފައިފައެވެ.

އިމާދަކީ ވޯލްޑްކަޕް ފަދަ ބައިނަލްއަގުވާމީ ބޮޑެތި ފުޓުބޯޅަ މުބާރާތްތަކުގެ ޓީވީ އެނަލިސްޓެއްގެ ގޮތުން ގިނަ ބަޔެއްގެ ރުހުން ހޯއްދަވައިފައިވާ ނޫސްވެރިއެކެވެ.

"އިމާދު" ލަތީފަކީ "އަދިވެސް"ގެ ކޮލަމިސްޓެެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *