Support Us

ރާއްޖެ ހިފަން އަންނަ އިންޑިއާ މީހުން މަރާފައި ވެސް ދިވެހިންގެ ފަސްގަނޑު ދިވެހިން ހިމާޔަތްކުރާނެ: އުމަރު

ދިވެހިންގެ ތެރޭގައި އަބަދުވެސް ޚާއިނުން އުޅޭ ކަމަށާއި އެކަމަކު ވެސް "ރާއްޖެ ހިފަން އަންނަ އިންޑިއާ މީހުން މަރާފައި ވެސް ދިވެހިންގެ ފަސްގަނޑު ދިވެހިން ހިމާޔަތްކުރާނެ" ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން މި ވިދާޅުވީ އިންޑިއާގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން އެ ޤައުމުން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް އެކަން ކުރާނެ ކަމަށާއި، ރާއްޖެ ހިފައި ދަށުކޮށްލަން ބޭނުންނަމަ މިހާރު އޮންނާނީ އެކަންކޮށްފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރޭޑިއޯ ޕްރޮގްރާމެއްގައި އިހަށްރޭ ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އިންޑިއާ އަކީ މާ ބާރުގަދަ ޤައުމެއް ކަމަށާއި އެމީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް އެ މީހުން އެ ކަންކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށާއި އިންޑިއާ އިން ވެސް އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ދިވެހިންގެ ތެރޭގައި އަބަދުވެސް ޚާއިނުން އުޅޭ. އެކަމަކު ވެސް ރާއްޖެ ހިފަން އަންނަ އިންޑިއާ މީހުން މަރާފައި ވެސް ދިވެހިންގެ ފަސްގަނޑު ދިވެހިން ހިމާޔަތްކުރާނެ. އިންޝާﷲ. އެކަން ހޮޅީންނަށް އެނގޭނެ،" އިންޑިއާގެ މިލިޓަރީ ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުއްލަވާ އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އުމަރަކީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ލީޑަރެކެވެ.

އުމަރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ދިވެހި ރާއްޖޭގައި މިއޮތް އެމްޑީޕީއާ ޕީޕީއެމްގެ ސިޔާސީ ސިސްޓަމް ބޭރުން އައިސް 2023 ގެ އިންތިހާބް ކާމިޔާބު ކުރައްވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *