ޑިކީ ތެރޭގައި ބަހައްޓައިގެން 72 ދަޅު ބިޔަރު އުފުލަނިކޮށް ހުޅުމާލެއިން ކާރެއް ހުއްޓުވައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު 72 ދަޅު ބިޔަރު ފެނުނީ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސްއެއްގެ ތެރެއިންނާއި ދަބަހެއްގެ ތެރެއިން ކަމަށެވެ.
މި މައްސަލައާ ގުޅިގެން 37 އަހަރާއި 40 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެ މީހުންގެ ވަނަވަރެއް އަދި ހާމައެއް ނުކުރެއެވެ.