Support Us

އިމާދުގެ ހާލު ރަނގަޅު، މާދަމާ ވޯޑަށް ބަދަލުކުރެވޭނެ: ޑރ. އަލީ ޝަފީގު

ހިތުގެ ބައްޔަކަށް އައި.ޖީ.އެމް.އެޗުގައި ފަރުވާ ހޯއްދަވަމުން އަންނަ ކުރީގެ މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފުގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައި ހިތުގެ ބަލިތަކުގެ ސްޕެޝަލިސްޓް ޑރ. އަލީ ޝަފީގު ވިދާޅުވެެއްޖެއެވެ.

މެޔަށް ތަދެއް އަރައިގެން އައި.ޖީ.އެމް.އެޗުގެ "ހިތުގެ ބަލިތަކަށް ޚާއްސަ ގައުމީ މަރުކަޒު"ގައި އިމާދު އެޑްމިޓްކުރީ ރޭގެ ވަގުތެއްގައެވެ. އަދި ނާރަށް ކެމެރާ ލައްވައިގެން ހަދާ އެންޖިއޯޕްލާސްޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ހަދައިފައެވެ.

"އިމާދުގެ ހާލު ރަނގަޅު މިހާރު. މިހާރު އޮތީ ސީ.ސީ.ޔޫ (ކާޑިއެކް ކެއަރ ޔުނިޓް) ގައި. މާދަމާ ވޯޑަށް ބަދަލުކުރެވޭނެ،" ޑރ. އަލީ ޝަފީގު ވިދާޅުވިއެވެ.

އިމާދު ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތް ފެއްޓެވީ، މީގެ 28 އަހަރު ކުރިން، 1992 ގައި "ހަވީރު" ނޫހުންނެވެ. "ހަވީރު"ގައި 17 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އިމާދު ދެން މަސައްކަތް ކުރެއްވީ ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް ނިއުސްގެ މަގާމުގައެވެ. ބޭރު ކުޅިވަރާއި އަދުގެ ދުނިޔޭގެ ޚަބަރާއި ރިޕޯޓުގެ އިތުރުން، ތާރީހުގެ އެކިއެކި ލިއުއްވުންތައް ލިއުއްވާފައިވާ އިމާދު ވަނީ ލިއުންތެރިކަމުގެ ގައުމީ އިނާމުގެ އިތުރުން އަލިމަސް ގަލަން ވެސް ހާސިލް ކުރައްވާފައިފައެވެ.

އިމާދަކީ ވޯލްޑްކަޕް ފަދަ ބައިނަލްއަގުވާމީ ބޮޑެތި ފުޓުބޯޅަ މުބާރާތްތަކުގެ އެނަލިސްޓެއްގެ ގޮތުން ގިނަ ބަޔެއްގެ ރުހުން ހޯއްދަވައިފައިވާ ނޫސްވެރިއެކެވެ.

"އިމާދު" ލަތީފަކީ "އަދިވެސް"ގެ ކޮލަމިސްޓެެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *