ކޯވިޑުގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. މި ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާނެއެވެ.

މި އަހަރުގެ ގައުމީ އިނާމަށް 94 ފަރާތަކުން ވަނީ ހުށަހަޅައިފައެވެ. އެއީ ގައުމީ އިނާމު ދިނުމަށް ކަނޑައަޅާފައިވާ 33 ދާއިރާގެ ތެރެއިން 26 ދާއިރާއަކަށެވެ.

ގައުމީ ދުވަހަކީ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި އަހަރު އެ ދުވަހާ ދިމާވަނީ މި އޮކްޓޯބަރު މަހުގެ 18 ވާ އާދިއްތަ ދުވަހެވެ.