Support Us

ޖަލުން ނިކުތްތާ އެއް ދުވަސް ފަހުން ރިއާ ފުލުހަށް ހާޒިރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސުޝާންތަ ސިންގްގެ މަރުގެ މައްސަލައިގައި ބަންދުގައި ހުރި ރިއާ ޗަކްރަބަތީ ކަފާލާތުގެ ދަށުން މިނިވަންވުމަށްފަހު ފުރަތަމަ ފަހަރަށް ފުލުހަށް ރިޕޯޓްކުރަން ހިނގައްޖެއެވެ.

ރިއާގެ ކަފާލާތު ހަމަޖައްސައިދިނީ ބޮމްބޭ ހައި ކޯޓުންނެވެ. އޭނާއާ އެއްކޮށް އިތުރު ދެމީހުންނަށް ކަފާލާތު ހަމަޖެހުނު ނަމަވެސް، ރިއާގެ ބޭބެ ޝޯވިކް އަދިވެސް ހުރީ ބަންދުގައެވެ.

ބޮމްބޭ ހައި ކޯޓުން ވަނީ ރިއާ ދޫކޮށްލުމަށް ހިމަނާފައިވާ ޝަރުތުތަކުގެ ތެރޭގައި 10 ދުވަސް ވަންދެން ފުލުހަށް ހާޒިރުވުން ހިމެނެއެވެ. މިގޮތުން ރިއާ ވަނީ އިއްޔެގެ ވަގުތެއްގައި ބަންދްރާ ޕޮލިސް ސްޓޭޝަނަށް ގޮސްފައެވެ.

މުމްބާއީގެ ބައިސޫލާ ޖަލުގައި 28 ދުވަސް ވަންދެން ހުރުމަށްފަހު ރިއާ މިނިވަންވީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެން.ސީ.ބީ އިން އޭނާ ހައްޔަރުކުރީ ސުޝާންތަށް މަސްތުވާތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައެވެ.

ރިއާގެ މަންމަ ސަންދްޔާ ޗަކްރަބަތީ ބުނިގޮތުގައި އޭނާގެ ދެ ދަރިން ހައްޔަރުކުރުމާއި ގުޅިގެން އޭނާއަށް ކައިބޮއެ ހެދުމަށާއި ނިދުމަށްވެސް އުނދަގޫވިއެވެ. އަދި އޭނާ ނަފްސާނީ ގޮތުން ފަރުވާ ހޯދާފައިވާ ކަމަށްވެސް ބުންޏެވެ.

"އަދިވެސް މިކަންތައްގަނޑު ނުނިމޭތީ ހައިރާންވަން. އަހަރެންގެ ފިރިހެން ދަރިފުޅު އަދިވެސް ހުރީ ޖަލުގަ. އަދި އަހަރެން ކަންބޮޑުވޭ މާދަމާ ވާނެ ގޮތެއް ނޭނގޭތީ." ރިއާގެ މަންމަ ބުންޏެވެ.

ރިއާގެ ކަފާލާތަށް ބޮމްބޭ ހައި ކޯޓުން ހަމަޖެއްސީ 1 ލައްކަ ރުޕީސްއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *