Support Us

ސުމޭކު ދުނިޔޭގައި ޗާޕުކުރެވޭ ފޮތުގެ ފައިވިއްދުން

މިއަދުގެ ޒުވާން ޖީލުތަކަކީ ވިސްނުން ތޫނު، ފޯނާއި، އިލެކްޓްރޯނިކް ކިޔަވާބޯޑާއި، ސުމޭކު ކިޔަވާ ސާމާނުތަކާއި އާލަތްތަކުން ވަށައިލާފައިވާ މާޙައުލެއްގައި ބޮޑުވަމުން އަންނަ ބައެކެވެ. އެދުރުންނާއި ބެލެނިވެރީންނާއި ތަޢުލީމީ ސިޔާސަތު އެކަށައަޅާ ފަރާތްތަކާ ސުވާލުކޮށްލައިފިނަމަ ތަޢުލީމީ ކަންތައްތަކުގައި އޭއްޗެހި ކުޅޭ ދައުރު ފުޅައުވަމުން އަންނަކަމަށް އެ އެންމެން ވެސް އެއްބަސްވާނެއެވެ. މިއާއެކު ކިޔަވާދޭ ކިލާސްރޫމުތައް ފުނޫނީ ކުރުމަށް ޓަކައި ކުރެވޭ ހޭދަތައް އިތުރުވަމުން އަންނަ ތަން ފެނެއެވެ. ދަރިވަރުންނަށް ޓެބްލެޓުތައް ދީ މަދުރަސީ އިލެކްޓްރޯނީ ފޮތުގެ ޚިދްމަތް ދަރިވަރުންނަށް ލިބޭނެ މަގު ފަހިކޮށްދޭތަން ފެނެއެވެ. ތަޢުލީމީ ސިޔާސަތު އެކަށައަޅާ މީހުން ބުނާގޮތުގައި މި ކަމުގެ ސަބަބުން ލިބޭ ތަޢުލީމީ ނަތީޖާތައް މާ މޮޅެވެ. ނަމަވެސް ދިރާސާތަކާއި ޚިޔާލު ހޯދުމަށް ނެގުނު ވޯޓުތައް މި ދަޢުވާއަށް ތާއީދު ކުރާލެއް އެހާ ބޮޑެއްނޫނެވެ.

ދުވެލީގެ އަގު

ގިނަ ދަރިވަރުން އެއްބަސްވާ ގޮތުގައި އެ ކުދިން އިސްކަންދޭނީ މޮނިޓަރުން ބަލައިގެން ފޮތް ކިޔާށެވެ. އެހެނަސް ނަތީޖާތައް ދައްކާ ގޮތުގައި ޗާޕުކޮށްފައި ހުންނަ ޞަފްޙާތައް ކިޔައިގެން ނައްޞުތައް ދޭހަވާލެއް ބޮޑެވެ. ފޮތް ކިޔައިގެންނާ ނެޓުން ކިޔައިގެން ދަރިވަރުންނަށް ދޭހަވާ މިންވަރު ދެނެގަތުމަށް ޓަކައި ޔުނިވަރސިޓީތަކެއްގެ ދަރިވަރުންނަށް ތިން މަސައްކަތެއް ޙަވާލު ކުރެވުނެވެ. ކޮންމެ ވެސް ޕެރަގްރާފެއް އެއް ބަޔަކު ލައްވާ ކިޔުއްވީ ނެޓުންނެވެ. އަނެއް ބަޔަކު ލައްވާ ކިޔުއްވީ ޗާޕުކޮށްފައިވާ ޞަފްޙާތަކަކުންނެވެ. މި ދެ ބިސީގެ ފަހްމާ ބެހޭގޮތުން ލިބުނު ނަތީޖާތައް ބުނާގޮތުގައި

  • ވަރަށް ގިނަ ޢަދަދެއްގެ ކުދިން އިސްކަން ދީފައިވަނީ ސުމޭކު ކިޔުމަށެވެ.
  • ނަތީޖާތައް ދައްކާ ގޮތުގައި ނެޓުން ކިޔޭލެއް މާ އަވަހެވެ.
  • ދޭހަވާ މިންވަރަށް ބަލާއިރު ސުމޭކު ކިޔުމަށްވުރެ ޢާއްމު ދޭހަވުން ބޮޑީ ޗާޕު ކިޔުމުގައެވެ.

ކިޔުމުގެ ބޭނުން

އެކި މީހުން އެއްޗެހި ކިޔަނީ އެކި ބޭނުމުގައެވެ. ބައެއްފަހަރަށް ވަކި ސުވާލަކަށް ޖަވާބެއް ހޯދުމަށް ޓަކައެވެ. އަނެއްބައި ފަހަރަށް ފޮތުގެ ޞަފްޙާތައް އުކާލަނީ އެ ފޮތުގައި ހުރި ސުރްޚީތައް ބަލާލާށެވެ. އިޖްމާލީ ކޮށް އެ ފޮތުގައި ހުންނާނެ މަޢުލޫމާތުތައް ދެނެގަތުމަށެވެ.  އެހެންކަމުން ފޮތް ކިޔުމުގެ މަޤްޞަދަށް ރިޢާޔަތް ކުރަން ޖެހެއެވެ. ދަރިވަރުން އަތުން ލިބުނު މަޢުލޫމާތަށް ބަލާއިރު އެންމެންނަށް މުނާސަބު ވަސީލަތެއް ނެތެވެ. ގިނަ ކުދީން ބުނާގޮތުގައި މަޢުލޫމާތު އަވަހަށް ހޯދަން ވެއްޖެނަމަ ނެޓު މާ ފަސޭހައެވެ. އެހެނަސް މުޅި ފޮތުގައި ހުރި މަޢުލޫމާތުގެ ބާވަތްތައް ދެނެގަތުމަށް ފަސޭހައީ ޗާޕު ފޮތެވެ.

ޤިޔާސެއް ނުކުރެވޭނެ

ކަރުދާސް ބޭނުން ނުކުރުމަށް ގޮވައިލާ އިޤްތިޞާދީ ސަބަބުތަކަކާއި ވެށްޓާ ރަށްޓެހި ސަބަބުތަކެއް ވެއެވެ. އެހެނަސް ޒަމާނާއެކު ނެޓްގައި ހުންނަ މަޢުލޫމާތުތައް ގެއްލިގެން ދިޔުމުގެ ބިރު ވަރަށް ބޮޑެވެ. ވައިރަސްގެ ސަބަބުންނެވެ. ނުވަތަ ނެޓޭރުން (ހެކަރުން) ގެ ސަބަބުންނެވެ. ތިމާގެ ފިކްރަށް ތާއީދު ނުކުރާނަމަ ނެޓްގައި ހުންނަ އެ ފިކްރުގެ ލިޔުންތައް ނައްތައިލުމަކީ ސުމޭކު ނިޒާމުގައި ފަސޭހަ ވެދާނެ ކަމެކެވެ. ޗާޕު ފޮތްތަކާ ކުޅެން އުދަނގޫވާނެއެވެ. އެކަޑަމީ މަސައްކަތްތަކުގައި ބައެއް ފޮތްތަކާއި  ބައެއް ދިރާސާތަކުގައި  ހުންނަ ސުވާލުތަކަށް  ޖަވާބު ދިނުމަށް ޓަކައި ނުވަތަ ޞަފްޙާތަކުގެ ހަވާސާގައި އޮންނަ އެއްޗަކާމެދު ފާޑު ކިޔުމަށް ޓަކައި އެ ލިޔުންތަކަށް ދޭތެރެދޭތެރެއިން ވަދެނުކުމެވާން ޖެހެއެވެ.  ސުމޭކު ނައްޞުތަކުގައި މި މަސައްކަތް ކުރަން އުދަނގޫވާނެއެވެ.

ކޮންމެ ގޮތަކަށް ބެއްޔަސް ނެޓުގެ ތެރެއިން ކިޔުން މާ އަވަސް ވާނެއެވެ. މަޢުލޫމާތު ހޯދަން މާ ފަސޭހަވާނެއެވެ. ނަމަވެސް ސުމޭކުގެ ރަށްވެހީންނަށް ދައްކަން ޖެހޭ އަގު މާ ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *