އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނޮވެންބަރު 5 އާ ހަމައަށް ދަމަހައްޓައިފިއެވެ.
"….ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، 12 މާރިޗު 2020 އިން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، 2020 ނޮވެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނު ކޮށްފީމެވެ." މިނިސްޓަރ އޮފް ހެލްތު ނެރެފައިވާ ގަރާރެއްގައި ބުނެފައިވެއެވެ.
ކޮވިޑް19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 1099 އެކްޓިވް ކޭސް އެބަތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގައި ތިބި 65 މީހުންނާއި އައިސޮލޭޝަން ފެސިލިޓީސްގައި ތިބި 432 މީހުން ހިމެނެއެވެ.
ކޮވިޑަށް އިއްޔެ ވަނީ 37 މީހުން ޕޮޒިޓިވްވެފައެވެ. އެއީ މާލެއިން 35 އަދި އަތޮޅުތެރެއިން ދެ މީހުންނެވެ.