Support Us

ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއް ހިނގަމުންދަނީ -ފޮޓޯ: މަޖިލިސްގެ އިދާރާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއެކު ޖުމްލަ 28 ބިލެއް ތިން ވަނަ ދައުރަށް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއެކު ޖުމްލަ 28 ބިލެއް ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގައި ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީ އަކީ މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލައިގެން އުފައްދާ މުވައްސަސާއެކެވެ.

މިއަދު ފެށި، ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރަށް ހުށަހަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން އިއުލާންކުރި 28 ބިލް ތިރީގައި މި ވަނީއެވެ.

  1. ޤާނޫނު ނަންބަރު 3/2010 (ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލު
  2. ޕޭމަންޓް ސިސްޓަމްއާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު
  3. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  4. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  5. މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  6. ހެއްކާބެހޭ ބިލު
  7. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު
  8. | ކާބޯތަކެއްޗާބެހޭ ބިލު
  9. ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލު
  10. ޢާންމު ދަތުރުފަތުރުގެ ބިލު
  11. އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  12. ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
  13. ތަސްނީފްކުރުމުގެ ބިލު
  14. ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
  15. ފޮރިން އިންވެސްޓްމަންޓްގެ ބިލު
  16. ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ގެނައުމުގެ ބިލު
  17. އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ބިލު
  18. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  19. އިންސޮލްވަންސީއާބެހޭ ބިލު
  20. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  21. ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  22. ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  23. ޢާއިލާއާބެހޭ ބިލު
  24. ނަފްސާނީ ޞިއްޙަތުގެ ބިލު
  25. މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު
  26. ބޯހިޔާވަހިކަމުގެ ބިލު
  27. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  28. މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *