Support Us

ބައިނޭންސުން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގިކަމަށް އުތުރު ކޮރެއާ ދެކޮޅު ހަދައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް، ބައިނޭންސުން 6.3 ބިލިއަން ޑޮލަރު (97.34 ބިލިއަން ރުފިޔާ)ގެ ކްރިޕްޓޯކަރަންސީ ވަގަށް ނެގި މައްސަލައިގައި ބައިވެރިވި ކަމަށް ކުރާ ތުހުމަތާ އުތުރު ކޮރެއާއިން ދެކޮޅު ހަދައިފިއެވެ.

އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިން އުތުރު ކޮރެއާގެ މައްޗަށް ތުހުމަތުކުރީ ޓްރޭޑާޓްރޭޓާގެ ނަމުން މަޝްހޫރު ހެކިން ގްރޫޕެއް މެދުވެރިކޮށް މި ދިޔަ މަހު 29 ގައި ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ ވައްކަން އުތުރު ކޮރެއާއިންކުރިކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުންގެ އަންހެން ކޮއްކޮ ކިމް ޔޯ-ޖޮންގްވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

"އެމެރިކާގެ ތުހުމަތަކީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް. އަދި މިއީ އާ ކަމެއްވެސް ނޫން،" އޭނާ ބުންޏެވެ.

އެއީ ބައިނަލްއަގުވާމީ އާންމު ރައްޔިތުންގެ ފިކުރު އޮޅުވައިލުމަށް އަމާޒުކޮށްގެން ހިންގި "ސިޔާސީ ނުރައްކާތެރި ޖެއްސުމެއް"ކަމަށްވެސް އޭނާ ސިފަކުރިއެވެ.

ބްލޮކްޗެއިން އެނަލިޓިކްސް ކުންފުނި އެލިޕްޓިކުން ލަފާކުރާ ގޮތުގައި މި އަހަރުގެ ތެރޭގައި އުތުރު ކޮރެއާގެ ހެކަރުންވަނީ 7.6 ބިލިއަން ޑޮލަރު (117.5 ބިލިއަން ރުފިޔާ)ގެ ކްރިޕްޓޯކަރަންސީ ވަގަށް ނަގައިފައެވެ.

ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވީ ނަމަވެސް ކްރިޕްޓޯކަރަންސީ ވަގަށް ނެގުމުން އުތުރު ކޮރެއާއަށް ފައިސާ ލިބެއެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމްތަކަށް ހޭދަކުރުން އެކަށީގެންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *