Support Us

ހޫތީންގެ ފައުޖުތަކަށް އިތުރު ހަނގުރާމަވެރިން ވެއްދި އިވެންޓެއް އިއްޔެ ޔަމަންގެ ވެރިރަށް ސަންއާގައި

ހޫތީން ރަތް ކަނޑުގެ އައްސޭރިފަށް ހިފުމުން އީރާނުން އުފާ ފާޅުކޮށްފި

ޔަމަންގެ ހޫތީން ރަތް ކަނޑުގެ އައްސޭރިފަށް ހިފުމުން އީރާނުން މިއަދު އުފާ ފާޅުކޮށްފިއެވެ.

އީރާނުން ވާގިވެރިވާ ހޫތީންވަނީ ދުނިޔޭގެ މައިގަނޑު އެއް ބޯޓުފަހަރު ދަތުރުކުރާ ކަނޑުއޮޅިކަމަށްވާ ބާބުލްމަންދަބުގެ މުހިންމު ޖަޒީރާތަކެއްވެސް ހިފައިފައެވެ.

"މި ލިބުނު ކުރިއެރުމަކީ އެތައް އަހަރެއް ވަންދެން ކެތްކުރުމުގެ ނަތީޖާ،" އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ސަރްދާރް މުހިއްބީ ބުންޏެވެ.

ހޫތީން މުހާ ސިޓީ ހިފީ ބުރާސްފަތި ދުވަހުއެވެ. އަދި ބަރީމް ޖަޒީރާ އާއި ހާނީޝް ޖަޒީރާވެސް އޭގެ ފަހުންވަނީ ހިފައިފައެވެ. މި ކަމުގެ ސަބަބުން ބާބުލްމަންދަބުގައި ހޫތީންގެ ބާރުވަނީ ގަދަވެފައެވެ.

ހޫތީންގެ އަސްކަރީ ތަރުޖާމަނު، ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ބުނީ ސައޫދީ އަރަބިއްޔާގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތައް ކުރިއަށްގެންދާނެކަމަށެވެ.

"ސައޫދީގެ ބޯޓުފަހަރު ފިޔަވާ އެހެން ގައުމުތަކުގެ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ،" އޭނާ ބުންޏެވެ.

އދ.އިން ޔަމަނަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ހަންސް ގްރޫންޑްބެއާގް ބުނީ މި ކުރިމަތިވީ "ޔަމަންގެ ހަނގުރާމައަށް އާ އަދި މާ ނުރައްކާތެރި ފިޔަވައްސެއް"ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި މައްސަލަ ހައްލުކުރެވޭނެކަމަށް ބެލޭކަމަށާއި އެމެރިކާގެ އެހީއަށް ސައޫދީން އެނދިފައިވިޔަސް އެމެރިކާއިން ސައޫދީއާ ހިއްސާކުރާނީ ހަމައެކަނި ޖާސޫސީ މައުލޫމާތުކަމަށެވެ.

"ހޫތީންވަނީ އަހަރެންގެ ސަރުކާރަށް ގުޅައި، އެ ގްރޫޕާ ސައޫދީއާ ދެމެދު އޮތް ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާއިން ނުވަނުމަށް އެދިފައި،" ޓްރަމްޕް މިއަދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *