Support Us

ދަތުގެ ފަރުވާތަކަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ޓްރީ ޓޮޕުގައި

ދަތުގެ ފަރުވާތަކުން %10 ގެ ޑިސްކައުންޓެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް ޓްރީ ޓޮޕް ހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ.

މި މަހު 13 އިން 19 އަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ދަތުގެ ޚާއްޞަ ފަރުވާތައް ހެޔޮ އަގުގައި ހޯދުމަށް ލިބޭ ރަނގަޅު ފުރުޞަތަކަށް ވާނެ ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.

"އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކުގެ މިޑް-ޓާމް ބަންދާ ދިމާކޮށް ކަމަށްވުމުން، މިއީ އާއިލާތަކަށާއި ދަރިވަރުންނަށް ދަތުގެ ޚާއްޞަ ފަރުވާތައް ހޯދުމަށް ލިބޭ ލުޔެކެވެ." ޓްރީ ޓޮޕުން ބުނެއެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އީ.އޯ ޑރ. ސްރިވަތުސަން ސްރީދަރު ޖީ. ވިދާޅުވީ، އަނގަޔާއި ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ޖުމްލަ ޞިއްޙަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށާއި، ދަތުގެ ޚާއްޞަ ފަރުވާތައް ބޭނުންވާ ވަގުތުގައި ލިބުމަކީ ބަލިމީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ މަޤްޞަދަކީ ދަތުގެ ޚާއްޞަ ފަރުވާތައް ގިނަ ބަޔަކަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، ދަތުގެ ދުޅަހެޔޮކަމަށް އާންމުން ދޭ ސަމާލުކަން އިތުރުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

%10 ޑިސްކައުންޓް ލިބޭ ފަރުވާތައް

• ސެރަމިކް ބްރޭސަސް

• މެޓަލް ބްރޭސަސް

• މެޓަލް-ފްރީ ޒިރްކޯނިއާ ކްރައުންސް

• ފްލެކްސް ސެމީ-ރިޖިޑް މޮނޯމަރ-ފްރީ ކޮމްޕްލީޓް ޑެންޗާސް

• ފްލެކްސް ސެމީ-ރިޖިޑް މޮނޯމަރ-ފްރީ ކޮމްޕްލީޓް ޑެންޗާސް – މަތީބައި

* މި ޕްރޮމޯޝަންގައި ހިމެނެނީ ދަތްތައް އެތުރުމާއި ކަތިކޮށް ހުންނަ ދަތްތައް ރަނގަޅުކުރުމުގެ ފަރުވާ (އޯތޯޑޮންޓިކްސް) އާއި، ގެއްލިފައިވާ ދަތްތައް ޖެހުމާއި އަނގައިގެ ވަޒީފާ އާއި ރީތިކަން އިއާދަކުރުމުގެ ފަރުވާ (ޕްރޮސްތޮޑޮންޓިކްސް) އެވެ.

* ޕްރޮމޯޝަންގެ މުއްދަތު ދިމާވަނީ ޕްރޮސްތޮޑޮންޓިސްޓް ޑރ. ޝަބީނާ އަދި އޯތޯޑޮންޓިސްޓް ޑރ. އާސިމްގެ ކޮންސަލްޓޭޝަން ގަޑިތަކާ ކަމަށްވުމުން، ބަލިމީހުންނަށް ޚާއްޞަ ޑޮކްޓަރުންގެ ލަފަޔާއި ފަރުވާގެ ރޭވުންތައް ފަސޭހަކަމާއެކު ހޯދޭނެއެވެ.

* މި ޑިސްކައުންޓް ލިބޭނީ ހަމައެކަނި ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްގެންދާ ފަރުވާތަކަށެވެ. އަދި ހުރިހާ ފަރުވާތަކެއްވެސް ކުރިއަށްގެންދެވޭނީ ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

* މި ހަރަކާތަކީ އަނގައިގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް، ދަތުގެ ޚާއްޞަ ފަރުވާތައް އެކަށީގެންވާ ވަގުތުގައި ހޯދުމަށް ބާރުއެޅުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *