Support Us

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ޓްރަމްޕްގެ ގައްޒާ ޕްލޭނާ ނަތަންޔާހޫ ދެކޮޅުހަދައިފި

ގައްޒާއަށް ސުލްހަ ގެނެސް އަލުން އާރާސްތުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވައިލެއްވި ޕްލޭނާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅުހަދައިފިއެވެ.

"(ޓްރަމްޕްގެ) 15 ނުކުތާގެ ރޭވުން ބަލައެއްނުގަންނަން. (ގައްޒާ ހިންގާ) ހަމާސްއިން ހުރިހާ ހަތިޔާރެއް ދޫކޮށްލަންދެން (އިސްރާއީލު) ސިފައިން ގައްޒާއިން ނުބާލާނަން،" އިސްރާއީލުގެ ކެބިނެޓު ބައްދަލުވުމެއްގައި ނަތަންޔާހޫ އިއްޔެ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އޭނާ ވެރިކަމުގައި ހުންނަހާ ހިނދަކު ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރިޔަނުދޭނެ ކަމަށެވެ.

ޓްރަމްޕްގެ ޕްލޭނާ ނަތަންޔާހޫ ދެކޮޅުހެދުމުން އެމެރިކާއިން އެ ކަމާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ހަމާސްއިން އިއްޔެ ބުނީ ޓްރަމްޕްގެ ޕްލޭނަށް އެއްބަސްވާ ކަމަށެވެ. އޭގެ ތެރޭގައި ގައްޒާގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ގައްޒާގައި ބައިނަލްއަގުވާމީ ފައުޖެއް ބޭތިއްބުން ހިމެނެއެވެ. ނަމަވެސް ހަމާސްއިން ބުނީ ހަމާސްއިން ހަތިޔާރުތައް ދޫކޮށްލުން ކުރިއަށްގެންދިއުމާއި އިސްރާއީލު ސިފައިން ގައްޒާއިން ފޭބުން ކުރިއަށްގެންދަން ޖެހޭނީ އެކުއެކީގައި ކަމަށެވެ.

ފަލަސްތީންގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕަލަސްތީނިއަން ނެޝަނަލް އިނިޝިއެޓިވްއިން ނަތަންޔާހޫގެ ނިންމުން ކުށްވެރިކުރިއެވެ.

"ކުރިންވެސް އެނގޭ އޭނާ ހަދާނީ އެހެންކަން. މިއީ ހައިރާންވާވަރު ކަމެއް ނޫން. ކުރިންވެސް ހެދި އެއްބަސްވުންތައް އިސްރާއީލުން ވަނީ މުގުރައިލައިފައި،" އެ ޕާޓީގެ ލީޑަރު މުސްތަފާ ބަރްގޫސީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *