Support Us

ސޫޓުކޭހަކަށް ލައިފައި އޮތް ހަށިގަނޑެއް ފެނުމުން މީހަކު ހައްޔަރަށް

ސޫޓުކޭހަކަށް ލައިފައި އޮތް އިނގިރޭސި ވިލާތުގެ އަންހެނެއްގެ ހަށިގަނޑު ފެނުމުން ގްރީސްގައި އަފްގާނިސްތާން މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 38 އަހަރުގެ ހިލޭސާބަހަށް މަސައްކަތްކުރާ އެލިޒަބަތު-ޖޭން ރޮސް (ފޮޓޯ)ގެ ހަށިގަނޑު ފެނުމުގެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި އުމުރުން 26 އަހަރުގެ އަފްގާނިސްތާން މީހާގެ ނަން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާއާ ދެކޮޅަށް މީހުން މެރުމާއި ވައްކަންކުރުމާއި އަދި ހަތިޔާރު ގެންގުޅުމުގެ ގާނޫނާ ހިލާފުވިކަމުގެ ދައުވާތައް ވަނީ އުފުލައިފައި ކަމަށް އޮފިޝަލުން ބުންޏެވެ.

ޖޫންގައި ގްރީސްއަށް ދިޔަ ރޮސްގެ ހަށިގަނޑު އޮތް ސޫޓުކޭސް ފެނުނީ މީހުން ނޫޅޭ އިމާރާތެއްގެ ތެރެއިން ގެދޮރު ނެތް މީހަކަށެވެ. ހަށިގަނޑު ފެނުނީ އޭނާ މަރުވިތާ ހަފުތާއެއް ފަހުން ކަމަށް އޮފިޝަލުން ބުންޏެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނީ ހައްޔަރުކުރި މީހާ ދެނެގަނެވުނީ ސީސީޓީވީ ފުޓެޖުން ކަމަށާއި އޭނާ ވަނީ ރޮސްގެ ބޭންކު ކާޑުތައް ބޭނުންކޮށްފައި ކަމަށެވެ.

ރޮސް މަރުވި ސަބަބު ދެނެގަންނަން ރަސްމީ އިދާރާތަކުން މިހާރު ތިބީ ޓޮކްސިކޮލޮޖީ ނަތީޖާއަށް އިންތިޒާރު ކޮށްގެންނެވެ.

ރޮސްއަކީ އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއް ކަމަށްވާ ސްކޮޓްލެންޑްގެ ރައްޔިތެކެވެ.

"އެތެންސްގައި ސްކޮޓްލެންޑްގެ އަންހެނަކު މަރުވެއްޖެކަން އަހަރެމެންނަށް އެނގިފައިވަނީ. އެ މައްސަލައިގައި ގްރީސްގެ ރަސްމީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން މި ދަނީ. ސްކޮޓްލެންޑްގައި ދިރިއުޅޭ އޭނާގެ އާއިލާއަށް އަހަރެމެންގެ އޮފިސަރުން އެހީތެރިކަން ފޯރުކޮށްދެމުން ދަނީ،" ސްކޮޓްލެންޑް ފުލުހުންގެ އިދާރާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ ހާރިޖީ ވުޒާރާއިންވަނީ ރޮސްގެ އާއިލާއަށް ހަމްދަރުދީ ފާޅުކޮށްފައެވެ.

ގްރީސްގެ ފުލުހުން ބުނީ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *