Support Us

ސިރަހަ ޑިސްޓްރިކްޓްގެ މޯލެއްގައި އިއްޔެ ހުޅުޖަހައިފައި

ހިންދޫ- މުސްލިމް ކުރިމަތިލުންތައް ހުއްޓައިލުމަށް ނޭޕާލްގެ ބޮޑުވަޒީރު އިލްތިމާސްކޮށްފި

ހިންދޫންނާއި މުސްލިމުންގެ ހަމަނުޖެހުންތަކެއްގައި ނޭޕާލްގައި ތިން މީހުން މަރުވުމުން ފެށުނު ކުރިމަތިލުންތައް ހުއްޓައިލުމަށް ބޮޑުވަޒީރު ބަލެންދްރަ ޝާހް ގޮވައިލައްވައިފިއެވެ.

ހަމަނުޖެހުންތައް ފެށުނީ މި ދިޔަ އާދީއްތަ ދުވަހު ކަމަށް ވިޔަސް ޝާހް މި ގޮތަށް ގޮވައިލެއްވީ އިއްޔެއެވެ.

ނޭޕާލްގެ އާބާދީގެ 80 ޕަސެންޓަކީ ހިންދޫންނެވެ. ނަމަވެސް ދެކުނު ސަރަހައްދުގައި މުސްލިމުންގެ ބޮޑު އާބާދީއެއް އޮވެއެވެ.

ހަމަނުޖެހުންތަކުގެ އަސްލަކަށްވީ ސުންސަރި ޑިސްޓްރިކްޓްގައި ހިންދޫންގެ އަހަރަކު އެއް ފަހަރު އޮންނަ ބޮލްބަމް އަޅުކަމުގައި އަޑުގަދަކޮށް ހިންދޫން މިއުޒިކް ޖެހުމާއި މުސްލިމުންގެ ދިދައެއް ބައިލައިފައި ހިންދޫންގެ ދިދައެއް ނެގުމެވެ.

މީހުންތަކެއް އެއްވި ސަރަހައްދަކަށް ފުލުހުން ދެން ބަޑިޖެހުމުން ދެ މީހުން މަރުވީއެވެ. އަދި ކައިރީގައި އޮންނަ ސިރަހަ ޑިސްޓްރިކްޓުގައި ބޭއްވި މުޒާހަރާގައި ތިންވަނަ މީހަކު މަރުވީއެވެ.

މަރުވި ތިން މީހުންގެ ދީނަކީ ކޮބައިކަން ރަސްމީ އިދާރާތަކުން ހާމަކޮށްފައެއްނުވެއެވެ.

ފުލުހުންގެ ތަރުޖަމާނު އަބީ ނަރަޔަން ކަފްލޭ ބުނީ ފުލުހުން މަސައްކަތްކުރީ ހަމަނުޖެހުންތައް މައިތިރިކުރަން ކަމަށެވެ.

"އަހަރެން އިލްތިމާސްކުރަނީ ހުރިހާ އެންމެން ވެސް ހަމަޖެހިލައިގެން ތިބެ، ސުލްހަމަސަލަސްކަން ދަމަހައްޓަން،" ޝާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ.

މާރޗް މަހު ވެރިކަމާ ހަވާލުވެވަޑައިގަތް ޝާހް އާއްމުންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވަނީ ވަރަށް މަދުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް