Support Us

ވެލީގެ ފާރާއި ހަންދަގު ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއް އަދި "ރީނދޫ ރޮނގު" ދައްކައިދޭ ރީނދޫ ކުލައިގެ ބެރިއަރުތައް (ވަކި ފޮޓޯގައި)

ޣައްޒާގައި އިސްރާއީލުން ހަދަމުންދާ ވެލީގެ ފާރާއި ހަންދަގު ދާއިމީ ކޮށްފާނެކަމުގެ ބިރު އުފެދިއްޖެ

ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން އެމެރިކާއިން މެދުވެރިވެގެން މި ދިޔަ އަހަރު ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރި ސީޒްފަޔާގެ ދަށުން ޣައްޒާއަށް އިސްރާއީލު ސިފައިން ވަނުން މަނާ އިން ނުވަތަ "ރީނދޫ ރޮނގު" ކައިރީގައި އިސްރާއީލުން ހަދަމުންދާ ވެލީގެ ފާރާއި ހަންދަގު ދާއިމީކޮށްފާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.

ޣައްޒާގެ ދިގުމިނަކީ 40 ކިލޯމީޓަރު ކަމަށްވާއިރު ވެލީގެ ފާރާއި ހަންދަގުގެ ދިގުމިނަކީ 23 ކިލޯމީޓަރެވެ.

"ވަގުތީ ރޮނގެއް ދާއިމީ ބޯޑަރަކަށް އިސްރާއީލުން އެ ހަދައިލަނީ،" ފަލަސްތީން މީހެއް ކަމަށްވާ އައިމަނުލްގާޒީ ބުންޏެވެ.

"މިއީ ހަމާސްއިން އަހަރެމެންނަށް ދޭ ހަމަލާތަކުން، ޣައްޒާ ކައިރީގައި ދިރިއުޅޭ އަހަރެމެންގެ ރައްޔިތުން ސަލާމަތްކުރަން ހަދާ ސަލާމަތީ ސަރަހައްދެއް،" އިސްރާއީލުގެ އަސްކަރީ ތަރުޖަމާނަކު ބުންޏެވެ.

ވެލީގެ ފާރާއި ހަންދަގު ހަދަމުންދަނީ ސީޒްފަޔާއާ ހިލާފަށް ރީނދޫ ރޮނގަށްވުރެ ޣައްޒާގެ ތެރެއިން އިސްރާއީލަށް ބިންތަކެއް ނެގޭ ގޮތަށެވެ. ޣައްޒާގެ 80 ޕަސެންޓް ބިން މިހާރު ވެސް ކޮންޓްރޯލްކުރަނީ އިސްރާއީލުންނެވެ.

"އަހަރެމެން ބޭނުންވަނީ ޣައްޒާގެ އުތުރު ސަރަހައްދުގައި އަހަރެމެންގެ އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރަން،" އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުންޏެވެ.

"ޣައްޒާއަކީ އަސްލު އަހަރެމެންގެ ތަނެއް. އަހަރެމެން ބޭނުންވަނީ އެ ތަނަށް އަނބުރާ ދާން،" އިސްރާއީލުގެ އާއްމު ރައްޔިތެއް ކަމަށްވާ ޑަނިއަލް ސެލެމް ބުންޏެވެ.

ވެލީގެ ފާރާއި ހަންދަގުގެ ސަބަބުން، ފަލަސްތީން ރައްޔިތުން ބުނީ، އެ މީހުންގެ ބިން ދާއިމީ ގޮތެއްގައި ބައިކޮށްލަނީކަމުގެ ބިރު އުފެދިފައިވާ ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނީ ވެލީގެ ފާރާއި ހަންދަގުގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު ޣައްޒާގެ ރަށްވެހިން އެނބުރި ގެދޮރަށް ދާން ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *