Support Us

ހޫތީން ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ އީރާން ބޮލުގައި އަޅުވާނަން: ޓްރަމްޕް

ސަރަހައްދުގެ އެއްވެސް ގައުމަކަށް، އީރާނުން ވާގިވެރިވާ ޔަމަންގެ ހޫތީން ހަމަލާދީފިނަމަ، އެ ކަމުގެ ޒިންމާ އީރާންގެ ބޮލުގައި އަޅުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

"ހޫޘީންނަކީ އީރާނުން އުފަންކުރުވި، އީރާންގެ ނަމުގައި މަސައްކަތްކުރާ ޖަމާއަތެއް،" ޔަމަންގެ ވެރިރަށް ސަންއާގައި، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުނުކުރާ ސަރުކާރެއް ގާއިމުކޮށްގެން ތިބި ހޫޘީންނާމެދު ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ އަހަރެއްހާ ދުވަސްކުރިން އެމެރިކާއިން ހޫޘީންނަށް "ވަރަށް ވަރުގަދަކޮށް" ހަމަލާދިން ކަމަށާއި އެއަށްފަހު ހޫޘީން ހަރަކާތްތެރިވާން ފަށައިފައިވަނީ "ވަރަށް ޒިންމާދާރުކަމާއެކު" ކަމަށެވެ.

"ނަމަވެސް އެ ޖަމާއަތުން އަލުންވަނީ ސައުދީ އަރަބިއްޔާގެ ދެ މަނަވަރަށް ރޭ ހަމަލާދީފައި،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޫޘީން އަނެއްކާވެސް މި ފަދަ ކަމެއް ކޮށްފިނަމަ އެ ކަމުގެ ޒިންމާ އަޅުވާނީ އީރާންގެ ބޮލުގައި ކަމަށާއި ސަބަބަކީ ހޫޘީންނަކީ އީރާނުން އުފަންކުރުވި އީރާންގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތަކަށްވާތީ ކަމަށެވެ.

"ހޫޘީން އަލުން މި ފަދަ ކަމެއް ކޮށްފިނަމަ ވަރަށް ބޮޑު އަސްކަރީ އަދަބެއް އީރާނަށާއި އަދި ހަމަ ޔަގީނުން ހޫޘީންނަށް ވެސް ދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *