Support Us

ޅަފަތުގެ 34 ކުދިން ވިއްކައިލި އަންހެނެއް 7 އަހަރަށް ޖަލަށް

ސިންގަޕޫރުގައި ހިންގި އެޑޮޕްޝަން ސްކޭމަކަށް ޅަފަތުގެ 34 ކުދިން ވިއްކައިލި ގްރޫޕެއްގެ ވެރިއަކަށް ހުރި އަންހެނަކު ހަތް އަހަރަށް ޖަލަށް ލާން އިންޑޮނޭޝިއާ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެ ހުކުމް އިއްވީ އަންގާރަ ދުވަހު އުމުރުން 70 އަހަރުގެ އިންޑޮނޭޝިއާގެ ރައްޔިތެއް ކަމަށްވާ ލީ ސިއު ލޫއަން (ފޮޓޯ)އަށެވެ.

ސްކޭމް ހިންގި ގްރޫޕްގެ 19 މީހުންގެ މައްޗަށް ތިން އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެ ގްރޫޕުން ވަނީ 2023 އާއި މި ދިޔަ އަހަރާ ދޭތެރޭ ހިންގި ސްކޭމްގައި، ލިޔެކިޔުންތައް އޮޅުވައިލައި، ވިއްކައިލި ކުދިންތަކުގެ އަސްލު ބެލެނިވެރިންނަކީ ކޮބައިކަން ފޮރުވަން ފޭކު އައިޑެންޓިޓީތަކެއް ވެސް ހަދައިފައެވެ.

ކުދިން ވިއްކި ވިއުގަ ފަޅާއެރީ ބައްޕައަކު އޭނާގެ ދަރިފުޅު އޭނާގެ ހުއްދަ ނެތި ގެންދިޔަ ކަމަށް ރަސްމީ އިދާރާތަކުގައި ރިޕޯޓްކުރުމުންނެވެ.

"އަހަރެން އުއްމީދުކުރަނީ ކުއްޖާއަށް އެންމެ ރަނގަޅު ގޮތަކަށް ރަސްމީ އިދާރާތަކުން ނިންމާނެ ކަމަށް،" ސްކޭމްގެ މަޅީގައި ޖެހި، އެ ތަނުން ކުއްޖަކު އެޑޮޕްޓްކުރި މީހަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *