Support Us

ޓީ.ޓީ.އެޗް ކްލިނިކް މާލޭގައި ނިއުރޯސާޖަރީގެ ޚިދުމަތްތައް

ޓީ.ޓީ.އެޗް ކްލިނިކް މާލޭގައި ނިއުރޯސާޖަރީ (ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްސަ) ކޮންސަލްޓޭޝަންގެ ޚިދުމަތް ފަށައިފިއެވެ.

މާލޭ ކްލިނިކުގައި ނިއުރޯސާޖަރީ ކޮންސަލްޓެޝަންގެ ޚިދުމަތް ތަޢާރަފުކުރުމަކީ، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް އާންމުންނާ ގާތުން ފޯރުކޮށްދިނުމަށާއި، ބަލިމީހުންނަށް އެންމެ އެކަށީގެންވާ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޓީ.ޓީ.އެޗުން ބުނެއެވެ.

"މި ޚިދުމަތް ދެއްވާނީ ސިކުނޑި، މައިބަދަ އަދި ނާރުގެ ބަލިތަކަށް ޚާއްޞަ ކޮންސަލްޓަންޓް ސުޕަރ ސްޕެޝަލިސްޓް ނިއުރޯސާޖަން، ޑރ. ޢަލީ އާފީ އެވެ. ޑރ. އާފީއަކީ ސިކުނޑި އާއި މައިބަދައަށް ދިމާވާ އެކި ބަލިތައް ދެނެގަތުމާއި، އެކަމާ ގުޅޭ ފަރުވާ ދިނުމުގައި ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ." ޓީ.ޓީ.އެޗުގެ ބަޔާނެއްގައި ބުނެއެވެ.

ނިއުރޯސާޖަރީގެ ޚިދުމަތްތައް

• މައިބަދައިގެ ޑިސްކަށް ދިމާވާ މައްސަލަތައް

• ނާރުގެ މައްސަލަތަކާ ގުޅިގެން މައިބަދައަށާއި ކަރަށް ދިމާވާ ދާއިމީ ތަދުތައް

• ސިކުނޑީގައި ފެން ހެދުމާއި އެހެނިހެން ނާރުގެ ބަލިތައް

• ސިކުނޑި އަދި މައިބަދައިގައި އުފެދޭ ގަނޑުތައް

• ބޮލަށް ނުވަތަ މައިބަދައަށް ލިބޭ ބޮޑެތި އަނިޔާތައް

• ނާރުގެ ނިޒާމަށް ދިމާވާ އެކި ބަލިތައް

މާލޭ ކްލިނިކުން މި ޚިދުމަތް ލިބިގެންދިއުމުގެ ސަބަބުން، ބަލިމީހުންނަށް ކުރީބައިގައި ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، ބަލި ދެނެގަތުމަށާއި، އަދި އެކަށީގެންވާ ފަރުވާގެ ޕްލޭނެއް އެކުލަވާލުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ޓީ.ޓީ.އެޗުން ބުނެއެވެ.

ޑޮކްޓަރަށް ދެއްކޭނެ ގަޑިތައް

ޓީ.ޓީ.އެޗް ކްލިނިކް މާލޭގައި ނިއުރޯސާޖަރީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހުގެ ހަވީރު 5:00 އިން 6:00 އަށް

"ބުރުޒުމަގުގައި ހުންނަ މއ. ޗަމްޕާވިލާގައި ގާއިމުކޮށްފައިވާ ޓީ.ޓީ.އެޗް ކްލިނިކް މާލެއަކީ، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ޚިދުމަތްތައް މާލޭގެ ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ކްލިނިކެކެވެ. މި ކްލިނިކުން ދެމުންދާ ޚާއްޞަ ބަލިތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަކީ ބަލިމީހުންނަށް އިސްކަންދީގެން ދެވޭ ސިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަށް އެ ހޮސްޕިޓަލުން ކުރާ މަސައްކަތުގެ ބައެކެވެ." ޓީ.ޓީ.އެޗުން ބުނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351610އަށް ގުޅަން ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް ޓީ.ޓީ.އެޗުން އެދެއެވެ.