
އަހަރެން މެސީގެ ކުޅުމުން އަހަރެންގެ ގައުމު ހެއްވީ
ފަހަތާއި ކުރިމަތީގައި ގައުމޭ އުފާ މަ ކުރުވީ
ކާކަށްތަ؟ ބަލަގަ ގައުމަށް މިގޮތަށް އުފާ ދެވޭނީ
ވާކަންކަމެއް ބަލަގަ ނޫންމީ މަދުމީހަކަށް މިކަންވީ
މީހެއްގެ ކާބަފައިންކުޅަ ކުށަކާ ދަރީން ގުޅުންނެތި
ވީހެއްޔެ ފަހެ އަދަބުދޭން ބަދުބަސް ގޮވައި ހަދަންވީ
ބަފަޔަކު މަޔަކު ކުރީމާ ދަރިޔަށް އަދަބު ދެނީހޭ؟
ހަފަރާތް ކޮޅައި ނޮޅައިގެން ކުށްވެރިކުރަން އުޅެންވީ
ނަސްލީ ތަފާތު ކުރަމުން ދެފަރާތް ނުވެސްބަލައި ތިބެ
ބަސްމަގު ހުތުރު ގޮވާފައި ނޫސްތަކު ތިހެން ލިޔަންވީ
ރެފުރީން ކުރާކުށެއްގައި ޓީމުގެ ކޮބާހެ؟ ކުށަކީ
ދެފުށަށް ނުކެނޑި ފިކުރުކޮށް ވިސްނުން ރަނގަޅު ކުރަންވީ
ކުޅިވަރުގެ ރޫޙު ނެރެގެން ހިތްސާފުކަންމަތީ ތިބެ
ގުޅިގެން ދުނިޔެ އެކުގައި ޙާޞިލު އުފާ ކުރަންވީ
