މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިނިވަން ދުވަހުގެ ބައްދަލުކުރެއްވުން ކެންސަލް ކުރެއްވި ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ ބާއްވަވާ ގޮތަށް ވަނީ ނިންމަވައިފައެވެ. މި ޖަލްސާ އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު ޒުވާނުންގެ މަރުކަޒުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާނެއެވެ. އަދި ދައުލަތުގެ އިނާމު ދެއްވުން ވެސް އޮންނާނެއެވެ.



advertisment