Support Us

ޙައްޤު ބަސް ފެތުރުމަށް އިލްތިމާސްކުރައްވައި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޙައްޤު ބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠިބުކުރުމަށާއި، ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާވާނޭ ފަދަ ރަނގަޅު ވާހަކަތާކާއި ފިކުރުތައް ފެތުރުމަށް ދިވެހި ލިޔުންތެރިންނަށް އިލްތިމާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެ މަނިކުފާނު ވަނީ، އިސްލާމްދީނަކީ އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަން ފާހަގަކުރައްވައިފައެވެ. ދިވެހި ލިޔުންތެރިން ވާން ޖެހޭނީ، ޤައުމު އެބަޔަކާމެދު ފަޚުރުވެރިވާނޭ އަދި މި ޤައުމަށް ފާގަތިކަން ލިބޭނޭ ގޮތަށް ލިޔާ، އަމާނާތްތެރި ބަޔަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހާރާއި މިހާރުގެ ދިވެހި ލިޔުންތެރިންގެ މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުޢާކުރައްވައިފައިވެއެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، ދިވެހި އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރިވުމަށް މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، އެކްސްގައި މެސެޖެއް ހިއްސާކުރައްވައިފައެވެ.

މި އަހަރުގެ ލިޔުންތެރީންގެ ދުވަހަށް ކަނޑައަޅުއްވާފައިވަނީ، "އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ!" މި ޝިޢާރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *