Support Us

ފިލިޕްސް އޭސީގެ ޕްރޮމޯޝަނެއް އެސްޓީއޯގައި

ދުނިޔޭގައި މަޝްހޫރު ފިލިޕްސް ބްރޭންޑުހެ އޭސީގެ ޕްރޮމޯޝަނެއް އެސްޓީއޯގައި ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވިގެންދިއުމާ އެކު ކުރިއަށްގެންދާ ދެ ހަފުތާގެ މި ޕްރޮމޯޝަންގައި ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް 9،000 ބީޓީޔޫ، 12،000 ބީޓީޔޫ، 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

"ފިލިޕްސްގެ މި އޭސީ އަކީ އިތުބާރު ހިފޭ، އާއްމު ގެތަކަށާއި އޮފީސް މާހައުލު ތަކަށް އެކަޝޭނަ، ސްމާޓް ކޫލިން ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެކެވެ. ޗައިނާގައި އުފެއްދުމެއް ކަމުގައިވާ ފިލިޕްސް އޭސީތަކަކީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދޭ ބޭނުން ކުރަން ފަސޭހަ އޭސީތަކެކެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 11 ޖުލައިގެ ނިޔަލަށެވެ.

ފިލިޕްސް ބެރޭންޑް އޭސީތަކުގެ ހުރިހާ އުފެއްދުންތަކެއްވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުރެއެވެ.