Support Us

ފްރާންސްގެ ވެރިރަށް ޕެރިސްގައި ފައުންޓަންތައް ކައިރިން ފިނިކަން ލިބިގަންނަނީ

ހީޓްވޭވްގައި ޔޫރަޕްގައި 1،300 މަރު، މޫސުމީ ބަދަލާމެދު ފިޔަވަޅު އަޅަން ގޮވައިލައިފި

ދުނިޔޭގެ އުތުރު ހެމިސްފިއާއަށް މި ރަބީއު މޫސުމުގައި ޔޫރަޕަށް އައި ހީޓްވޭވް ނުވަތަ އާދަޔާހިލާފަށް ގަދަ ހޫނުކަމުގައި 1،300 އަށްވުރެ ގިނަ މީހުން މަރުވުމުން، މޫސުމީ ބަދަލާމެދު ފިޔަވަޅުއަޅަން ތަޖުރިބާކާރުން ގޮވައިލައިފިއެވެ.

ޔޫރަޕްގެ ބައިވަރު ގައުމުތަކުގައި މިހާރު ހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު ސައިންސްވެރިން ބުނީ އެ މީހުންނަށް ލަފާކުރެވެނީ އެތައް ސަތޭކަ ބަޔަކު މަރުވީ އާދަޔާހިލާފު ހޫނުކަން އަދި އެއަށްވުރެ ވަކިން ބޮޑަށް ހޫނުވީމާ ކަމަށެވެ.

އިންސާނުންގެ ހަރަކާތްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުން ދުނިޔޭގައި ހޫނުމިން އިތުރުވާ ދިރާސާތައްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ވޯލްޑް ވެދަރ އެޓްރިބިއުޝަން ގްރޫޕުން ބުނީ މޫސުމީ ބަދަލުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލޭ ހީޓްވޭވްތައް އައުން މިހާރު މާބޮޑަށް އިތުރުވެއްޖެ ކަމަށެވެ.

"ކިތައްމެ ކުޑަކޮށްވެސް ހޫނުމިން މައްޗަށް ދިއުމުން އޭގެ އަސަރުކުރޭ،" އެ ގްރޫޕްގެ ސައިންސްވެރިއަކު ބުންޏެވެ.

ތަޖުރިބާކާރުން ބުނީ ދުނިޔެ ހޫނުވުމުން ސަލާމަތް ކުރުމަށްޓަކައި ޖައްވަށް ދޫކުރާ ވިހަ ގްރީންހައުސް ގޭސް މަދުކުރަން ޖެހޭ ކަމަށެވެ.

އެ މީހުން ބުނީ މުސްކުޅިންނާއި ވަރަށް ޅަ ކުދިންނާއި ސިއްހީ މައްސަލަތައް ހުންނަ މީހުންނަކީ މި ފަދަ ހީޓްވޭވްތަކުގެ ޝިކާރައަކަށްވުމުގެ އެންމެ ބޮޑު ފުރުސަތު އޮންނަ މީހުން ކަމަށެވެ.

ހީޓްވޭވްތަކުން މީހުން ސަލާމަތް ކުރުމަށް ގަސް ގިނަ ކުރުމާއި އިމާރާތްތައް ފަރުމާކުރާ ގޮތް ރަނގަޅުކުރުމަށް ތަޖުރިބާކާރުން ގޮވައިލިއެވެ. އޭގެ އިތުރުން ހީޓް އެކްޝަން ޕްލޭންތަކާއި އާލީ ވޯނިންގ ސިސްޓަމްތަކާއި ކޫލިން ސެންޓަރުތަކުގެ އިތުރުން ޕަބްލިކް ހެލްތު ކެމްޕޭންތައް ވެސް އިތުރުކުރަން ތަޖުރިބާކާރުން ގޮވައިލިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ބުނީ ރަނގަޅަށް ތައްޔާރުވެ ތިބެގެންނާއި ޕަބްލިކް ހެލްތު ފިޔަވަޅުތައް އަޅައިގެން މީހުންގެ ފުރާނަ ސަލާމަތްކުރަން ސަރުކާރުތަކުން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *