ރާގު: ތުޖެ ކިޔާ ސުނާ މެރެދިލް ރުބާ….
ތަޤުދީރު ރާވާ ރޭވުމޭ ފަރުދާގެ ނިވަލުން ފެންނަނީ
އަގުމާތްވި ކައު ސާހިބު އެއިން މަތިވެރި ވަދީޢު ކުރެއްވެނީ
ތަޤުދީރު ރާވާ ރޭވުމޭ….
***
ސާރާގެ ޤައިދުން މިޞްރުގައި ހޯއްދެވި އެމާތްވީ ޖާރިޔާ
ބާރާ ނުފޫޒުން ވީއްލެނީ މަންމާފުޅަށަ ފުރަތަމަވަނީ
ތަޤުދީރު ރާވާ ރޭވުމޭ…
ޝާމުގެ ބިމުން މައްކާ ތެރޭ ދަރިފަސްކޮޅޭ މާތް ފެތުރުނީ
ނާމުގެ ތެރޭ ވި އިޝާރަތޭ ޒަބަޙައިގެ ސިއްރުކަމަަަށްވަނީ
ތަޤުދީރު ރާވާ ރޭވުމޭ…
ހާޖިރުގެ ކެތްތެރިކަމުގެ ސިއްރޭ ކަޝްފުވީހިނދު ފަޅުވީ
ވާޖިބުތަކާ ދީނޭ އެތާ ދެ ޒަބަޙުުގެ ނޫރުން ބަބުޅަނީ
ތަޤުދީރު ރާވާ ރޭވުމޭ….
