މިރޭ ދަންވަރު މެކްސިކޯގައި ފަށާ މި އަހަރުގެ ފީފާ ވޯލްޑް ކަޕް އާންމުކޮށް ދެއްކުމަށް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީންތައް ބަހައްޓައިފިއެވެ.
އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން މި ބޮޑު ސްކްރީންތައް ބަހައްޓައިފައިވާ ހުރިހާ ސަރަހައްދަކުންވެސް ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އީދުގައި ކުޅޭ 104 މެޗު ވަގުތުން ދައްކާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ޖުމްލަ 48 ޓީމު ބައިވެރިކޮށްގެން މެކްސިކޯ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި އަހަރުގެ ވޯލްޑްކަޕްގެ ފައިނަލް ކުޅޭނީ ޖުލައި 20ގައި އެމެރިކާގައެވެ.
ހުޅުމާލޭގައި ބޮޑު ސްކްރީން ބަހައްޓައިފައިވާ ސަރަހައްދުތައް:
• ހުޅުމާލެ ފޭސް 1: ސެންޓްރަލް ޕާކު
• ހުޅުމާލެ ފޭސް 1: ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރި.
• ހުޅުމާލެ ފޭސް 2: ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރި.
"ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައިވެސް ގަދަވެފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ." އެޗްޑީސީން ބުނެއެވެ.



advertisment

