ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ފަސް ފަރާތަކަށް ލިބޭ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާކަން ބީ.އެމް.އެލް އިން ހަނދާންކޮށްދީފިއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ކްލަބްތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން 2024 އިން ފެށިގެން ހިންގާ ގްރާންޓެކެވެ. މި އަހަރު ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހުސްވި މަހުގެ 13 ވަނަ ދުވަހުއެވެ.
ބޭންކް ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ޖޫން މަހުގެ 14 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި ފަންޑު ކާމިޔާބުކުރާ ފަސ1 ފަރާތަކަށް ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދެއެވެ.
އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/bank-fund



advertisment

