Support Us

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވައިލައިފި

އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު"ގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން، ވިނަރެސް ޓަވަރުތަކުގެ އެއްމެދު އިމާތާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވައިލައިފިއެވެ.

އެޗްޑީސީން ބުނާގޮތުގައި ވިނަރެސް ޓަވަރުތަކުގެ މެނޭޖްމެންޓް ކޯޕަރޭޝަން އެކުލަވައިލައިފައި ވަނީ އެ ޓަވަރުތައް ތިން ސްޓްރާޓާ (އެއްމެދު އިމާރާތް) އަކަށް ބަހައިލައިގެންނެވެ. އަދި ކޮންމެ ސްޓްރާޓާއަކަށް ވަކި މެނޭޖްމެންޓް ކޯޕަރޭޝަނެއް ވަނީ އުފައްދައޖފައެވެ. މިގޮތުން ސްޓްރާޓާ އެކެއްގައި ހިމެނެނީ ވިނަރެސް ޓަވަރު 1 އިން 4 އަށެވެ. ސްޓްރާޓާ ދޭއްގައި ހިމެނެނީ ވިނަރެސް ޓަވަރު 5 އިން 8 އަށެވެ. އަދި ސްޓްރާޓާ ތިނަކީ ވިނަރެސް ޓަވަރު 9 އިން 10 އަށެވެ.

ސްޓްރާޓާ މެނޭޖްމެންޓް ކޯޕަރޭޝަން ހިންގުމަށްޓަކައި، އެ ސްޓްރާޓާތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ތިން ކައުންސިލް މިހާރު ވަނީ އިންތިހާބުކޮށްފައެވެ.

"މިއީ، އެއްމެދު އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގު މުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށްޓަކައި އެކުލަވާލައިފައިވާ ކޯޕަރޭޝަންތަކެކެވެ. އެގޮތުން އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތަކާއި މައްސޫލިއްޔަތުތައް އެ ކޯޕަރޭޝަންތަކާ ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މިކަމުގާ މެނޭޖްމަންޓް ކޯޕަރޭޝަންތަކަށް ބޭނުންވާ އެހީތެރިކަން އެޗްޑީސީން އަންނަނީ ފޯރުކޮށްދެމުންނެއެވެ." އެޗްޑީސީން ބުނެއެވެ.

"މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ސަރުކާރުގެ ދެންހުރި އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތަކެއް އެކުލަވާލައި، ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް މެނޭޖްމަންޓް ކައުންސިލުތައް އިންތިހާބު ކުރެވިގެން ދިއުމެވެ."