Support Us

އެމް.އެން.ޔޫ ޖޮބް ފެސްޓިވަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލް

ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޖޮބް ފެސްޓިވަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

 ޖޫން 3 އިން 5 އަށް އެމް.އެން.ޔޫ މާލެ ކެމްޕަހުގައި ކުރިއަށްދާ މި ފެސްޓިވަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވަނީ "ރާއްޖޭގެ މަސައްކަތްތެރިކަން ތަރައްގީކުރުމަށް އެއްބާރުލުންދިނުމަށާއި، ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ އިތުރުން، ސިއްޙީ ދާއިރާއަށް ނުކުންނަން ބޭނުންވާ އާ ޖީލުގެ ފަންނުވެރިންނަށް ހިތްވަރުދިނުމަށް" ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.

"މިއީ ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ހުރި ފުރުސަތުތައް ދެނެގަތުމަށާއި، މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށް ލިބޭ އަގު ހުރި ފުރުސަތެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މި ފެސްޓިވަލްގެ ތެރޭގައި ޝައުގުވެރި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އެގޮތުން، ސިއްޙީ  އަދި އިދާރީ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ އިތުރުން ހޮސްޕިޓަލުގައި ހުރި ތަފާތު ވަޒީފާގެ ފުރުސަތުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ލިބިގެންދާނެއެވެ." ޓްރީ ޓޮޕުން ބުނެއެވެ.

"ހޮސްޕިޓަލުގެ އެކި ދާއިރާތަކުގެ މުވައްޒަފުން މި ފެސްޓިވަލުގައި ތިބޭނެއެވެ. އެ ބޭފުޅުން ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކަށް ސިއްޙީ ދާއިރާގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ."

"އެމް.އެން.ޔޫ ފަހި ފުރުސަތު"

ތާރީޚް: 3 ޖޫން އިން 5 ޖޫން 2026

ގަޑި: ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށް

ތަން: 3 ވަނަ ފަންގިފިލާ، ޕީ.އީ ހޯލް، އެމް.އެން. ޔޫ ސެންޓްރަލް ބިލްޑިންގ

ސިއްޙީ ދާއިރާއިން ކާމިޔާބު މުސްތަގުބަލެއް ބިނާކުރަން ބޭނުންވާ ދަރިވަރުންނާއި، ދަސްވެނިން އަދި ވަޒީފާ ހޯދާ ފަރާތްތަކާ ބައްދަލުކޮށް، ފުރުސަތުތައް ހިއްސާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އުންމީދުކުރެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅުއްވާ ނުވަތަ care@treetophospital.com އަށް އީމެއިލް ކުރެއްވުން އެދެމެވެ.