Support Us

ސަލާމްލެއްވި އިބްރާހީމްގެފާނުގެ ޒިކުރާތަކުން

ލައްބައިކަޔޭ ލައްބައިކަޔޭ ގޮވަމުން އަދާވާ އަޅުކަމުން
ޝައްކާ ވަހުމުތައް ފޮހެވިދާ ކަށަވަރުވެދާ މި ޔަޤީންކަމުން

ރައްބީގެ މަތިވެރި ދަޢުވަތަށް ކުރެވޭ ޒިޔާރަތުގައި މިމާތް
ފަށްފަށްވަނީ ޒިކުރާތަކޭ "ބައްކާ"ގެ ބިމު، ފައިބީހުމުން

އެއްވެސް ގަހެއް، ދިރުމެއް، ފެނެއް، ނެތް ޙާލަތަކު އޮއްވައިމެ ބިން
ލެއްވެވި ވިމާތް ދަރިފަސްކޮޅާ ދިރުމާ ހިތަށް އިޙުސާސްވުމުން

ޒަބަޙައިގެ ސިއްރީ "އިބްތިލާ" ފުރިހަމަ ކުރެއްވެވުމުން ޚަލީލް
އަބަދަށް އެ ޒިކުރާ ޝަރުޢުވެވި ދިރެމުންދެޔޭ މަތިވެރިވަމުން

ޖަމްރާތަކާ ގުޅިފައި އެވާ ސިއްރާއި ގިނަގުނަ ޢިބްރަތާ
ރަމްޒީގޮތުން އުއްމަތް އެކަން ގެންދޭ ހަނދާން އާކޮށްދެމުން

ޙާޖިރުގެ ކިޔަމަންތެރިކަމާ އީމާންކަމުގެ މަތިވެރިކަމުން
ޢާޖިޒުވުމެއް މާޔޫސްވުމެއް ނެތި ހުންނެވީ ހިނިތުންވަމުން

ކައުބާ ބިނާކޮށް ދެއްވަވައި ޙައްޖަށް އެދެއްވެވި ބަންގިޔަށް
ދައުރުވެ ހިނގާ ހުރިހައި އަހަރު އެކަމަށް އިޖާބަ ދެޔޭ ދެމުން

ޙައްޖާ ގުޅޭ ޒިކުރާތަކުގެ ސިއްރާ ޚަލީލާ ގުޅުވިގެން
މައްކާގެ މަތިވެރިކަން ހިތަށް އިޙްސާސްވެ ރޮވެޔޭ ގިސްލަމުން

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *