Support Us

ނަސީބުވެރިއަކަށް 40،000ރ.ގެ ޕެކޭޖެއް ލިބޭ ހިޓާޗީ "ފިނިފިނި ޕްރޮމޯ" ފަށައިފި

ނަސީބުވެރިއަކަށް 40،000ރ.ގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބޭ ހިޓާޗީ އޭސީ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ. "ފިނިފިނި ޕްރޮމޯ"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހެޔޮ އަގުތަކެއްގައި ހިޓާޗީ އޭސީތައް ލިބޭނެ ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައި މި މަހުގެ ފަހަކުން ޖުލައި ފަހަކަށް ކުރިއަށްދާ "ފިނިފިނި ހިޓާޗީ ޕްރޮމޯޝަން"ގައި ހިޓާޗީ އޭސީ ގަންނަ، ކޮންމެ 1000ރ. އަކަށް، ލަކީ ޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެއެވެ. ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 40،000ރ.ގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް (ފޮޓޯގައި) ލިބޭނެއެވެ.

"ހިޓާޗީ ބްރޭންޑަކީ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު، ދިވެހިންގެ އިތުބާރު ލިބިފައިވާ ކޮލިޓީ ބްރޭންޑެކެވެ. ވަކިން ހާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ ޕްރޮޑަކްޓެކެވެ." އެސްޓީއޯ އިން ބުނެއެވެ.