Support Us

މޯލްޑިވްސް ޕޯސްޓްގެ ހިދުމަތްތައް ސަރވިސް ސެންޓަރަށް ބަދަލުކޮށްފި

ޕޯސްޓް ބިލްޑިންގައި ދެމުން އައި ޕޯސްޓްގެ ޚިދުމަތްތައް "މޯލްޑިވްސް ޕޯސްޓް- ސަރވިސް ސެންޓަރ" އަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ޕޯސްޓް އިން މިއަދު ބުނީ ހެޑް އޮފީސް ކުރިމަތީގައި މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، "މި ބަދަލަކީ ޕޯސްޓްގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި ޕާރުސަލް ނެގުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް" ކަމަށެވެ.

މޯލްޑިވްސް ޕޯސްޓްގެ މި ސަރވިސް ސެންޓަރު ގާއިމުކޮށްފައި ވަނީ އޯކިޑް މަގު، ޖަސްޓިސް ބިލްޑިން ކުރިމައްޗަށް ވާގޮތަށް ހުންނަ މ. އައިރިސްގެ، ގްރައުންޑް ފްލޯގައެވެ.

"މިވަތުގެ މިތަނުން ޚިދުމަތް ދެމުންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ." މޯލްޑިވްސް ޕޯސްޓް އިން ބުންޏެވެ. "މިތަނުން ޕޯސްޓް ކުރުމުގެ ޚިދުމަތާއި ޕާރުސަލް ދޫކުރުމާއި ޕޯސްޓުން ދޭ އެހެނިހެން ޚިދުމަތްތައްވެސް ލިބެން ހުންނާނެއެވެ."