ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވައިލައިފައިވާ އެންމެ ބިޔަ، އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ދިވެހި ސިފައިންގެ ފަޚުރުވެރި މާޒީގައި ރަންއަކުރުން ނަން ފަވާލެވިފައިވަނީ ޤައުމަށްޓަކައި ޝަހީދުވި ބޭފުޅުންނާއި، މުޖާހިދުންނާއި، އަދި ނުރައްކާތެރި ދަނޑިވަޅުތަކުގައި ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ސާބިތުކަމާއެކު ތިއްބެވި ހިތްވަރުގަދަ އެތައް ދަރީންނެއްގެ ނަންފުޅުތައް ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހި ސިފައިން ޤައުމަށްޓަކައި ވަމުންދާ މަތިވެރި ޤުރުބާނީއާއި ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވަމުން، ސިފައިންގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެމަނިކުފާނު ވަނީ ދިވެހި ސިފައިންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ރައްދުކުރައްވައިފައެވެ.
ދިވެހި ސިފައިންގެ އަހަރީ ދުވަހަކީ އެޕްރީލް 21 އެވެ.



advertisment