Support Us

ބޮމްބޭ ޖޭމް ކަސްރަތުގެ ލަވައަކަށް ނަބާ (ނޫ ހެދުމުގައި) އާއި ޢާއިޝަތު ޙަސަން އަދި މަރިޔަމް ޔަނަމް އަޙްމަދު (ފެހި) ނަށަނީ

ދިވެހިވަންތަ ހެދުމުގައި ހުށަހެޅި ތިނަދޫ ބޮމްބޭ ޖޭމް އަށް ގިނަ ބައެއްގެ ސަމާލުކަން

ގދ. ތިނަދޫގައި ހިންގާ "ފެބް އެންޑް ފިޓް" ފިޓްނަސް ސެންޓަރުގެ ފަރާތުން ތައްޔާރުކުރި ބޮމްބޭ ޖޭމްގެ ދިވެހިވަންތަ ނެށުމަށް ގިނަ ބައެއްގެ ލޯތައް އަމާޒްވެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.

"ފެބް އެންޑް ފިޓް"ގެ އިންސްޓްރަކްޓަރ ނަބާހަތު ލަތީފު ލީޑްކޮށްފައިވާ އެ ވީޑިއޯ ލަވަ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ބަލަމުންނެވެ. މިއީ މަޝްހޫރު ބޮމްބޭ ޖޭމް ކަސްރަތު ތަކުގައި ބޭނުންކުރާ ހިންދީ ލަވައަކަށް ދިވެހި ސަގާފީ ހެދުން އަޅައިގެން ނަށައިފައިވާ ލަވައެކެވެ.

ނަބާ، ޢާއިޝަތު ޙަސަން އަދި މަރިޔަމް ޔަނަމް އަޙްމަދު (ޔާލް)

ހުވަދު އަތޮޅުގެ ހިތްގައިމު ފަޅުރަށެއް ކަމަށްވާ "ހައޮޑިގަލާ"ގައި ޝޫޓްކުރި މި ލަވަ ވީޑިއޯކޮށް ތައްޔާރު ކޮށްފައިވަނީ ތިނަދޫ ޗައްޕަލާ ސްޓޫޑިއޯގެ ފަރާތުންނެވެ. ނެށުމުގައި ނަބާގެ އިތުރުން ދެން ހަރަކާތްތެރިވަނީ ޢާއިޝަތު ޙަސަން އަދި މަރިޔަމް ޔަނަމް އަޙްމަދު (ޔާލް) އެވެ. ޔާލަކީ ފެބް އެންޑް ފިޓްނަސްގައި ކުޑަކުއްޖެއްގެ ގޮތުގައި ހަރަކާތްތެރިވާ މެމްބަރެކެވެ.

"މިގޮތަށް ފިޓްނަސް ލަވައެއް ހެދީ ރާއްޖެ އިޝްތިހާރު ކުރުމުގެ ބޭނުމުގައި އަދި ކަސްރަތަށް މީހުންގެ ސަމާލުކަން އިތުރުކުރުމުގެ ބޭނުމުގައި. އެކަން ވަރަށް ބޮޑަށް ޙާސިލުވެއްޖެ،" އަދިވެސް އަށް އިންޓަވިއު ދެމުން ނަބާ ބުންޏެވެ.

ތިނަދޫގައި ކާމިޔާބުކަމާ އެކީ ޒުމްބާ ކްލާސްތައް ހިނގާ ޒުވާން އިންސްޓަކްޓަރު ނަބާ ބުނީ މިހާރު ނެރެފައިވާ ލަވަޔާ ގުޅިގެން ވަރަށް ގިނަ ބަޔަކު ގުޅަމުންދާ ކަމުގައެވެ. އަދި ވަރަށް ގިނަ، ރަނގަޅު މެސެޖްތައް ލިބެމުންދާ ކަމުގައެވެ.

"ހީނުކުރަން މިހާ ބޮޑަށް (މި ލަވަ) ހިނގާނެ ކަމަކަށް. އެކަމަކު ވަރަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެ،" ނަބާ ބުންޏެވެ.

"މި ލިބުނު ހިތްވަރާއެކު މިފަދަ ދެވަނަ އެހެނަސް ވަރަށް ތަފާތު ހުށަހެޅުމެއް ވަރަށް އަވަހަށް ޢާންމުންނަށް ދައްކާލުމަށް މިހާރު މި ދަނީ ތައްޔާރުވަމުން،" ނަބާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11391
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. Mi habaru liyun meeha ah ekani kanneynge mashah heevany mi zumba vedio ga rajje promote kuraathan fennany.sagaafy dhivehi vantha hedhumeh laigen dhivehi vantha sagaafy lava akah neshi nama rangalhuvys. Lava nagaafa in irues nagaafa in lava thikahala vedio akah nugulhey. Zumba jassa manje thankolheh rangalhu zumba steps thakeh vejje dhaskollan.miyah meehun kiyaatha zumba ey

    1. Zumba akee thafaathu baeh hingaa ehen gaumehgge baeh

      Bombay jam akee thaafaathu baeh.

      Zumbaaga ves hunnaanee emeehun dhey lavayaai stepthah

      Bombay jam ga ves hunnaanee emeehun dhey lavayaai step thah.
      Mi step thakakee evves instructor akah change veveyne step thakeh noon. E video ga ekuhjjage amilla step eh noon e naganeekee. Bombay jam meehunge dheefa huri step thah.

      Mi mauloomaathu neygeythee bunelee. Meehunnaa dhimaalah eches kiyaa iru mauloomathu egun v muhimmu.

      Ahannah ingey bombay jam aa zumba ge mauloomaathu😂😂😂

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *