މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާކް އެރީނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ސްކޭޓް ޕާކް އެރީނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
ސްކޭޓް ޕާކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ އެ ކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކައިލައިފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ކުދިންނާއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި ސްކޭޓް ޕާކް ބައްލަވައިލެއްވިއެވެ.
ދާއިމީ ސްކޭޓިން އެރީނާއެއް ތަރައްޤީ ކުރުމަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ އަދި ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.



advertisment