ހާދަހައި ޢިބުރަތެއް ދުނިޔެ ދައްކައިދެޔޭ
މާދަމާޔަށް އެއިން ދަރުސުތައް ލިބިދެޔޭ
ކަލަކުވާކަން ނުހަނު ވަންތަކުޅަދުން ވެގެން
ބަލަގަ އަންގައިނުދޭ އެއްކަމެއް ނުހިގަޔޭ
ޙަރުބުގައި އިއްޔެފެށި ބާރުގަދަ އެމެރިކާ
ކަރުބުޑުން ހިތިރަހައެ އެކަނިލީ ބުނެވެޔޭ
ފައުޖުތައް ގިނަވެފައި ހަށިގަނޑުން ބިޔަވިޔަސް
ދައުލަތެއް ބަލިކުރަން ނަޞްރު ބޭނުންވެޔޭ
ލޮލުގެ ކޮއިހެން ޙިމާޔަށް ކުރާ ރޭލުއިޒު
ކޮލުތަދާއެކު މުގުރި ގޮސް ފަނާވެއްޖެޔޭ
ޢަދުލުވެރިކަން ނެތަމަ ބާރުދެމި ނޯންނަކަން
އަދު ލޮލަށްފެނި އެކަންވެސް ޔަގީންވެއްޖެޔޭ
ކައުނުގައި ފަތަފަތާ އޮންނަ ދުނިޔޭގެ ބިން
ދައުރުވާނޭ ގޮތަށް ލެއްވި ވެރިޔަކުވެޔޭ
އެކަމަކަށް ނޯވެޔޭ ބާރު ރަސްކަލަކު އަތު
އެކަމުގައި ބިމުގެ ބާރެއް ސަފުން ނޯވެޔޭ
އެމެރިކާ އަތްވަނީ ކަޅިވެފައެ ލޭއުނގުޅި
އެމެރިކާއީ ނުބައި ގާތިލެއް ފަދަމެޔޭ
ގަތްގަނޑުން ބޮއިފިބޮނޑި އެއުރެމެން ހަރުބުގައި
ގަތްލަދެއްނޫން ކަމެއް ހާޞިލެއް ނުމެވިޔޭ
